ކުޅުދުއްފުށީގައި ޔޫތު މެންޓަލް ހެލްތު ސެންޓަރެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ކުޅުދުއްފުށީ ސިޓީގައި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އަމާޒުކޮށްގެން ޔޫތު މެންޓަލް ހެލްތު ސެންޓަރެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް ކުރިޔަށް ގެންދިއުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހަވާލުކޮށްފައިވަނީ ގިބްސް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑާއެވެ.

ކުޅުދުއްފުށީ ނޮލެޖް ސެންޓަރުގައި ޤާއިމުކުރާ މި ސެންޓަރުގެ މަސައްކަތް ނިންމުމަށް ދެވިފައިވަނީ 97 ދުވަހެވެ. މި މުއްދަތުގެ ތެރޭގައި ނޮލެޖް ސެންޓަރު އިމާރާތުގެ އެ ސަރަހައްދު ރިނޮވޭޓްކޮށް، ދެ ކޮންސަލްޓޭޝަން ރޫމާއި، ފާޚާނާ އަދި ލޮބީ އޭރިއާ ތަރައްޤީކޮށް ފަރުނީޗަރު ލައި ފުރިހަމަކުރެވޭނެ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއެވެ.

މި މަޝްރޫޢުގެ އަގަކީ 611,096.40 ރުފިޔާއެވެ. އެއްބަސްވުމުގައިވާ ގޮތުން މަސައްކަތް ފަށަންޖެހެނީ އިއްޔެ (19 ޖަނަވަރީ 2024) އިން ފެށިގެންނެވެ. އަދި މަސައްކަތް ނިންމަންޖެހޭ ސުންގަޑިއަކީ 19 އޭޕްރިލް 2025 އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނާ ގޮތުގައި މި ސެންޓަރުގެ މައިގަނޑު މަޤްޞަދަކީ ދުޅަހެޔޮ ރައްޔިތެއް ބިނާކުރުމަށް ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކުރުމެވެ. ޚާއްޞަކޮށް ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތްކުރުމާއި، ނަފްސާނީ މައްސަލަތައް ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މި ސެންޓަރުން މަސައްކަތްކުރާނެއެވެ.

ނަފްސާނީ ބަލި ކުޅުދުއްފުށި ސިޓީ ކައުންސިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ