ރައީސް މުއިއްޒުގެ އަމާޒަކީ ރާއްޖެ ޑިޖިޓަލައިޒް ކުރުން: ސިޔާހް

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ރާއްޖެ ޑިޖިޓަލައިޒް ކުރުންކަމަށް ޓްރޭޑްނެޓްގެ ޗެއާމަން ސިޔާހް ހަލީލް ވިދާޅުވެއްޖެ އެވެ.

ސިޔާހް މިހެން ވިދާޅުވ ީރައީސް މުއިއްޒު އެސްޓޯނިއާއަށް ކުރައްވަން ނިންމަވާފައިވާ ދަތުރުފުޅާ ގުޅިގެން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ސިޔާހް ވިދާޅުވީ ރައީސް އެސްޓޯނިއާއަށް ކުރައްވާ ދަތުރުފުޅުގައި ޑިޖިޓަލް ގަވަނެންސްއާ ގުޅޭ މަޝްވަރާތައްވެސް ކުރައްވާނެކަމަށާއި ރާއްޖެ ޑިޖިޓަލް ކުރުމަށްޓަކައި ގިނަ އެމްއޯޔޫތަކެއް ސޮއި ކުރައްވާނެ ކަމަށެވެ.

އަޅުގަނޑުމެންގެ ރައީސްގެ އަމާޒަކީ އަޅުގަނޑުމެންގެ ގައުމު ޑިޖިޓަލީ އެޑްވާންސްޑް ގައުމެއްގެ ގޮތުގައި ކުރިއެރުން.

ރައީސްގެ ދަތުރުފުޅުގައި މި އަމާޒަށް ވާސިލުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި އެސްޓޯނިއާއަކީ ޑިޖިޓަލް ގައުމެއްގެ ގޮތުގައި މަޝްހޫރު ގައުމެއްކަން ސިޔާހް ފާހަގަ ކުރެއްވި އެވެ.

ސިޔާހުގެ ވާހަކަފުޅުގައި ވަނީ އެސްޓޯނިއާ ޑިޖިޓަލް ގައުމެއްގެ ގޮތުގައި މިހާރު ކުރިއަރާފައި އޮތްވަރު ކިޔާ ދެއްވާފަ އެވެ. އެގޮތުން އެ ގައުމުގައި ސަރުކާރުގެ 99 އިންސައްތަ ހިދުމަތްތައް ދެނީ ޑިޖިޓަލްކޮށް ކަމަށާއި ސިއްހީ ހުރިހާ ލިޔެކިޔުންތަކަކާއި ބޭސް ސިޓީއެއްވެސް ޑިޖިޓަލް ކަމަށް ސިޔާހް ވިދާޅުވި އެވެ. އަދި ކޮވިޑުގެ މާ ކުރިން ފެށީގެން އެގައުމުގައި ޑިޖިޓަލް އެޑިއުކޭޝަން ދެމުން ގެންދާ ކަމަށާއި އެސްޓޯނިއާގެ ޑިޖިޓަލް އައިޑެންޓިޓީއަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޑިޖިޓަލް އައިޑެންޓިޓީކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒު އެސްޓޯނިއާއަށް ވަޑައިގަންނަވާނީ މިމަހުގެ 13 އިން ފެށިގެން 16 އަށެވެ. މިއީ ދިވެހިރާއްޖޭގެ އިންތިޚާބުވެފައިވާ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، އެކުވެރިކަމުގެ އައު ފުރުޞަތުތައް ހޯދުމެވެ. ދެ ޤައުމުގެ މެދުގައި ކުރިއަށްގެންދެވޭ މަޝްވަރާތަކުގައި ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވޭނީ ޑިޖިޓަލް، ސައިބަރ އަދި އީ-ގަވަރނަންސްގެ ދާއިރާތަކާއި، މޫސުމާއި ތިމާވެށީގެ މައްސަލަތަކާއި، އަދި ސައިންސާއި ތަޢުލީމުގެ ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރެވިދާނެ މަގުތައް ހޯދުމަށެވެ.

ރައީސް ޑރ. މުޢިއްޒުގެ ވިސްނުންފުޅުގައި ވަނީ 2030 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތައަށް ހިއްސާކުރާ ޑިޖިޓަލް އިޤްތިޞާދެއް ޤާއިމުކުރުމެވެ. މިއީ 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ ރައީސްގެ ދުރު ވިސްނުމުގެ މުހިންމު ބައެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާ ޓްރޭޑްނެޓުގެ ޗެއާމަން ސިޔާހް ހަލީލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ