ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް މަގާމުން އިސްތިއުފާ ދެއްވައިފި

Advertisement

އެންމެ ފަސް

Advertisement

ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސް ހަސަން ލަތީފް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޖަވިޔަނި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަސަން ލަތީފް އެ މަގާމުން އިސްތިއުފާ ދީފައިވަނީ އެ ޕާޓީ ދޫކޮށް އެމްޑީޕީއާ ގުޅުމަށްޓަކައި އެވެ.

ހަސަން ލަތީފް އެމްޑީޕީއާ ގުޅެން ނިންމާފައިވާއިރު އޭނާ އަދި ޕާޓީ ބަދަލު ނުކުރައްވާކަމަށް މައުލޫމާތު ލިބެ އެވެ.

ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން ލަތީފް މަގާމު ދޫކޮށް ޕާޓީ ބަދަލު ކުރައްވަން އުޅުއްވާއިރު އެ ޕާޓީގެ އިސް 3 މެންބަރެއް މިހާރުވެސް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އެ ޕާޓީގެ ނައިބު ރައީސް ހަސަން ޝިފާޒް އާއި ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމް އާއި މިދިޔަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްގެ ކެންޑިޑޭޓުގެ ރަނިން މޭޓަކަށް ހުންނެވި ހުސެއިން އަމްރު އެވެ.

ޑިމޮކްރެޓްސްގެ އިސް ބޭފުޅުންތަކެއް އެމްޑީޕީއާ ގުޅެމުންދާއިރު އެމްޑީޕީން ދަނީ މިމަހުގެ ފަހުކޮޅު ބޮޑު އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.

ހަސަން ޝިފާޒް ހުސެއިން އަމްރު އެމްޑީޕީ މެންބަރު ހަސަން ލަތީފު މެންބަރު އަލީ އާޒިމް ދަ ޑިމޮކްރެޓްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ