ފަޒުލްއަށް 1.4 މިލިޔަން ނަގުދު ފައިސާ ދިން ކަމަށް ބުނެފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ދިރިއުޅޭ ގެއިން ފުލުހުން ހޯދި 1.4 މިލިއަން ރުފިޔާއަކީ ލޯންޗެއް ބަންނަން ދިން ފައިސާ ކަމަށް ރިލެކްސް ފެރީ ސާވިސަސްއިން ބުނެފި އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު، އުސޫލާ ޚިލާފަށް ގޯތި ދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ފަޒުލްގެ ދިރިއުޅޭ ގެ ބަލައި ފާސްކުރި އެވެ. މި ބަލައި ފާސްކުރުމުގައި ފުލުހުން ވަނީ އިލެކްޓްރޯނިކް ސާމާނުތަކަކާއި ގިނަ އަދަދެއްގެ ފައިސާ އެ ގެއިން ގެންގޮސްފަ އެވެ.

ރިލެކްސް ފެރީ ސާވިސްއިން ސޯޝަލް މީޑިއާގައި ހިއްސާކުރި މަޢުލޫމާތުގައި ބުނެފައިވަނީ 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާ އެކު މުޢާމަލާތްކޮށް ލޯންޗެއް ބަނދެފައިވާ ކަމަށެވެ. އަދި ފަޒުލްގެ ކުންފުނިން ބަނދެދިން ލޯންޗުގެ ފެންވަރު ރަނގަޅުވުމާ ގުޅިގެން، މިދިޔަ އަހަރުގެ ކުރީކޮޅު ދެވަނަ ލޯންޗެއް ބަނުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

މި މައްސަލަތަކާ ގުޅިގެން ތަޙްޤީޤަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށް ބުނެ، ފަޒުލް ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.

ގިނަ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފަޒުލްގެ ގެ ފުލުހުން ބަލައި ފާސްކުރިއިރު 1.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށާއި، އެ ފައިސާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ނަމަވެސް ފުލުހުން މި މަޢުލޫމާތު މީޑިއާތަކަށް އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ