ދުނިޔެ ހޫނުވަމުން ދާނަމަ އިއްޔެގެ މަންޒަރު ތަކުރާރުވެދާނެ: ކުރީގެ ރައީސް ނަޝީދު

Advertisement

އެންމެ ފަސް

Advertisement

ދުނިޔެ ހޫނުވަމުން ދާނަމަ އިއްޔެގެ މަންޒަރު އިތުރަށް ތަކުރާރު ވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، އިއްޔެ ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވުމާއި ގުޅިގެން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ، ދުނިޔެ ހޫނުވަމުން ދާނަމަ މި ފަދަ މަންޒަރުތައް ތަކުރާރުވެދާނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ބައިވެރިވުމެއް ނެތި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަގު ރާއްޖެއިން އަދާކުރަން ޖެހިފައިވާ ކަމަށެވެ.

އެމަނިކުފާނު ވަނީ މާލޭގެ މާފަންނުގައި އިއްޔެ ފެންބޮޑުވެ، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލުތައް ވެސް ވެއްޓިފައި ހުރި މަންޒަރު ހިއްސާކުރައްވައިފަ އެވެ. އެ ވީޑިއޯއިން ސައިކަލުތައް ވެއްޓި، އެއްކޮށްހެން ފެނުގެ އަޑީގައިވާ މަންޒަރު ފެނެ އެވެ.

އިއްޔެ މުޅި މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވިއިރު އެކަމުގެ ސަބަބުން ޖުމުލަ 36 ގެއަކުން 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކާނާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ބުނެފަ އެވެ.

ރައީސް މުހައްމަދު ނަޝީދު ވިއްސާރަ މޫސުން ގޯސްވުން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ