ވައިގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ރީނދޫ ސަމާލު ނެރެފި

Advertisement

އެންމެ ފަސް

Advertisement

ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީސްއިން ރީނދޫ ސަމާލު ނެރެފި އެވެ.

މެޓުން މި ސަމާލު ނެރެފައި ވަނީ، ހެނދުނު 9:30 އިން މެންދުރު 13:30ހާ ހަމައަށް ހއ. އަތޮޅުން ފެށިގެންް ތ. އަތޮޅާ ހަމައަށެވެ.

އެ ސަމާލުގައި ބުނެފައި ވަނީ، މި ވަގުތުތަކުގައި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށް މެޓުން ބުނެފައިވެ އެވެ.

ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ބުނެފައިވެ އެވެ. އެގޮތުން، ހުކުރު އަދި ހޮނިހިރު ދުވަހުވެސް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަަކަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ބުނެފައިވެ އެވެ.

މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ