އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ އެއް މަސްތެރޭ ދައްކަން އަދީބަށް ހުކުމް ކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތަށް ދައްކަންޖެހޭ އެއް މިލިއަން ރުފިޔާގެ ޖުރިމަނާ އެއް މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމް ކޮށްފި އެވެ.

އެއް މަސްތެރޭގައި އެއް މިލިއަން ރުފިޔާގެ ޖުރިމަނާ ދައުލަތަށް ދެއްކުމަށް އަދީބުގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ އިއްޔެ އެވެ.

ކުރީގެ ނައިބު ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދީބު އެއް މިލިއަން ރުފިޔާއިން ޖުރިމަނާކޮށް އެ ފައިސާ އެއް މަސްތެރޭގައި ދެއްކުމަށް އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 5 އޮކްޓޫބަރު 2020 ވަނަ ދުވަހު އެވެ. އެހެންނަމަވެސް ކްރިމިނަލް ކޯޓުގެ މި ހުކުމާ އެއްގޮތަށް އަދީބު އެ ފައިސާ ދައްކާފައެއް ނުވެ އެވެ.

ޖުރިމަނާ ފައިސާ ނުދެއްކުމުން ދައުލަތުން އަދީބުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި އެދިފައިވަނީ އެއް މަސްތެރޭގައި މިދަރަނީގެ ފައިސާ ދައްކާ ހަލާސްކުރުމަށް އަދީބުގެ މައްޗަށް ހުކުމް ކޮށްދިނުމަށެވެ.

އެހެންނަމަވެސް އަދީބުގެ ފަރާތުން ބުނެފައިވަނީ އެކީ އެއްފަހަރާ އެފައިސާ ދެއްކުމަކީ ދަތިކަމެއްކަމަށެވެ. އެހެންކަމުން މިފައިސާ ދެއްކުމަށް ބޭނުންވާގޮތް ލިޔުމުން އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށްޓަކައި 7 ދުވަހުގެ ފުރުސަތަކަށް އެދުނެވެ. ނަމަވެސް އެ ފުރުސަތު ދިނުމަށް ދައުލަތުން އެއްބަސްވެފައެއް ނުވެ އެވެ.

އެހެންކަމުން ސިވިލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޟީ އަހްމަދު ރަޝީދު އިއްޔެ ވަނީ، އަދީބުގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ، އެ އެއް މިލިއަން ރުފިޔާ، 2024 ޑިސެންބަރު 31 ވަނަ ދުވަހުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ހަލާސްކުރުމަށް ހުކުމް ކޮށްފަ އެވެ.

އަދީބުގެ މައްޗަށް ޖުރިމަނާގެ ހުކުމެއްގެ އިތުރުން 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގަ އެވެ. އަދީބު ވަނީ އެ މައްސަލައިގައި ކުށަށް އިއުތިރާފުވެ ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދާފަ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމެން ތިން ދުވަހަށް ވެފައިވަނިކޮށް ވަނީ އަދީބު އަދި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ އަދަބު ލުއި ކޮށްދެއްވާފަ އެވެ. އޭގެ ސަބަބުން އަދީބު އަދި ޒިޔަތު ވަނީ މިނިވަން ވެފަ އެވެ.

ބަންޑާރަ ނައިބުގެ އޮފިސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓު އެމްއެމްޕީއާރްސީ ހިޔާނާތް ސިވިލް ކޯޓު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ