މާލޭގެ މަގުތަކުން ގްރެފިޓީތައް ފޮހެނީ

Advertisement

އެންމެ ފަސް

Advertisement

މާލޭގެ މަގުތަކާއި ގޯޅިތަކުގައި ކުރަހައިފާ ހުރި ގްރެފިޓީތައް ފޮހެ ސާފުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފުލުހުންނާ ގުޅިގެން ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ މި މަސައްކަތުގެ ދަށުން ފޮހެ ސާފު ކުރާނީ މާލެ ސިޓީގެ މަގުތަކުގައި ކުރަހާފައި ހުރި އިޖްތިމާއީ މިންގަނޑުތަކާއި ހިލާފް ގްރެފިޓީތައް ކަމަށެވެ.

މިފަދަ ގްރެފިޓީތަކުގައި އާންމު އިޖްތިމާއީ މިންގަނޑަށް ނުފެތޭ އަދި ކުޑަ ކުދިންނާ ނުގުޅޭ މަންޒަރުތަކާއި ބަސްތައް ހުރެ އެވެ.

މާލެ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ފެށި މި މަސައްކަތަކީ މާލޭގެ މަގުތަކާއި ގޯޅިތަކަކީ ހިތްފަސޭހަ، މީހުންނަށް ހަމަޖެހިލައިގެން އުޅެވޭ މަގުތަކަކަށް ހެދުމަށް ފެށި މަސައްކަތެކެވެ.

ސިޓީ ކައުންސިލާއި ފުލުހުން ވަނީ މީގެ ކުރިންވެސް އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް މާލޭގެ މަގުތަކުގައި ކުރަހާފައިވާ ގްރެފިޓީތައް ފޮހެ ސާފުކޮށްފަ އެވެ. ނަމަވެސް އެތަކެތި ފޮހުމާއެކު އަނެއްކާވެސް ކުރަހާކަން ފާހަގަ ކުރެވެ އެވެ.

މާލެ ސިޓީ މާލެ ސިޓީ ކައުންސިލް ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ