ބުދަ ދުވަހުން ފެށިގެން 95 އިންސައްތަ މުދަލަށް ޑިއުޓީ ދައްކާކަށް ނުޖެހޭނެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއާ ޗައިނާއާ ދެމެދު ގާއިމު ކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ރާއްޖޭން ޗައިނާއަށް އެކްސްޕޯޓް ކުރާ 95 އިންސައްތަ މުދަލަށް ޑިއުޓީ ދައްކަން ނުޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ޗައިނާ އެފްޓީއޭއަށް ޖެނުއަރީ 1 ގައި އަމަލު ކުރަން ފަށާނެކަން އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ ބުދަ ދުވަހު އެފްޓީއޭއަށް އަމަލު ކުރަން ފެށުމާއެކު ޗައިނާއިން ރާއްޖެއަށް އެތެރެ ކުރާ 70 އިންސައްތަ ވަރަކަށް ތަކެތިން ޓެރިފް އެއްކޮށް ކެނޑިގެން ދާނެ ކަމަށެވެ. މީގެ ސަބަބުން ޗައިނާއިން އެއްޗެއް ގެނައުމަށް އިތުރު ފަސޭހަތަކެއް ލިބިގެން ދާނެ އެވެ.

މިއަދު އެ ދިޔައީ މި އެފްޓީއޭ ތަންފީޒު ވެގެން. 1 ޖެނުއަރީ 2025 އިން ފެށިގެން، މީގެ ދެތިން ދުވަސް ފަހުން، މި ބައްދަލުވުން ތަންފީޒުވާން ފަށާނެ. ޓެރިފް އެއްކޮށްހެން ކެނޑިގެން ދާނެ 70 ޕަސެންޓު ގާތްގަނޑަކަށް އައިޓަމްސްއިން.

މީގެ އިތުރުން ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓު ކުރާ މުދަލުގެ ތެރެއިން 95 އިންސައްތަ މުދާ 0 ޕަސެންޓުގައި ޗައިނާއަށް އެކްސްޕޯޓު ކުރެވޭނެކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. މިއާއެކު ރާއްޖޭގެ އުފެއްދުންތައް ޗައިނާގެ މާކެޓަށް ތައާރަފް ކުރުމަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެން ދާނެ އެވެ.

މިނިސްޓަރ ސައީދު ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު ހެޔޮވެ، އެ ޤައުމުގައި ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ދިވެހި ވިޔަފާރިވެރިންނަށް ފަހިވެގެންދާނެ އެވެ. މީގެ އިތުރުން، ލޯޔަރުން، އާކިޓެކްޓުން، ސިއްޙީ ޚިދުމަތްތެރިން އަދި އެހެނިހެން ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ ދިވެހިންނަށް ޗައިނާގެ މާކެޓަށް ޚިދުމަތް ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.

ސަރުކާރުގެ މަޢުލޫމާތު ދޭ ގޮތުގައި މިހާރުވެސް ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު 700 މިލިއަން ޑޮލަރުގެ ވިޔަފާރި ދަނީ ކުރެވެމުންނެވެ. އަދި މި އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު މި އަދަދު 1 ބިލިއަން ޑޮލަރަށް އަރާނެކަމަށް ސަރުކާރުން ލަފާކުރެ އެވެ.

ރާއްޖެ - ޗައިނާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިނިވަން ވިޔަފާރީގެ އެއްބަސްވުން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ