އެމެރިކާގެ ކުރީގެ ރައީސް ކާޓާ އަވަހާރަވުމަ ގުޅިގެން ރައީސްގެ ތައުޒިޔާ

Advertisement

އެންމެ ފަސް

Advertisement

އެމެރިކާގެ 39 ވަނަ ރައީސް ޖިމީ ކާޓާ (100 އަހަރު) މިއަދު އަވަހާރަވުމާ ގުޅިގެން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކާޓާގެ އާއިލާއަށާއި އެމެރިކާގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ކާޓާ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން ތައުޒިޔާ ފޮނުއްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

”ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން އެމެރިކާގެ ރައްޔިތުންނަށާއި، ކާޓާގެ އާއިލާއަށް ތައުޒިޔާ ފޮނުވަން،“ ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޖިމީ ކާޓާ އަކީ 1977 އިން 1981 އަށް އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އޭނާގެ ވެރިކަމުގެ ދައުރުގެ އެންމެ ބޮޑު ކާމިޔާބީ އަކީ އިޒްރޭލާއި މިސްރުގެ ގުޅުން ބަދަހިކޮށް މެދުއިރުމައްޗަށް ހަމަޖެހުން ގެނައުމަށް އެހީތެރިވެދެއްވުމެވެ.

މީގެ އިތުރުން، ކާޓާ އަވަހާރަވުމާ ގުޅިގެން ޖެނުއަރީ 9 ވަނަ ދުވަހަކީ ޤައުމީ ހިތާމަ ފާޅުކުރުމުގެ ދުވަހެއްގެ ގޮތުގައި ވައިޓް ހައުސްއިން ވަނީ ކަނޑައަޅާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އެމެރިކާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ