ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނަކައިން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ބޭއްވުނީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަނާއި ދެމެދުގަ އެވެ. ރާއްޖޭގައިދެވޭ ޔޫޓިލިޓީ ހިދުމަތް ވިލަރެސްކުރާ މިނިސްޓްރީއަކީ އެންވަޔަރަމަންޓް މިނިސްޓްރީ އެވެ.
މި ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މިނިސްޓްރީން އެހީތެރިވެދެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ފެނަކައިން މިހާރު ކުރިއަށްގެންދާ އެކިއެކި މަސައްކަތްތަކާއި ޕްލޭންތަކާ ބެހޭގޮތުންވެސް ވާހަކަދެކެވުނެވެ.
މި ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވީ، ފެނަކައަކީ ރާއްޖޭގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށެވެ.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ނަޖާޙު ވިދާޅުވީ، މިނިސްޓްރީގެ އެހީތެރިކަމާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފެނާއި ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރެވޭނެ ކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އޭނާ އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ބައްދަލުވުމަކީ ސަރުކާރުގެ އެކި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފައިވެއެވެ. މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފެނާއި ކަރަންޓުގެ ޚިދުމަތް ހަމަހަމަ ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ އެވެ.
މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފެނަކަ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނަޖާހު