ދިވެހިރާއްޖެއިން 2025 ވަނަ އަހަރު ފަތުރުވެރިކަމުގެ އާމްދަނީގެ ޓާގެޓެއްގޮތުގައި ފަސް ބިލިއަން ޑޮލަރު ކަނޑައަޅާފައިވާ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިއުލާން ކޮށްފި އެވެ.
މިކަން ހާމަކޮށްފައި ވަނީ އެމްއެމްޕީއާރްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް އާއި ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ އެވެ.
އެމްއެމްޕީއާރުސީ އިން ބުނީ 2 މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިޔައި، ފެބްރުއަރީ މަހު ރާއްޖެއިން މަހުން މަހަށް އަންނަ ފަތުރުވެރިންގެ ރެކޯޑްގާއި ދުވަހުން ދުވަހަށް އަންނަ ފަތުރުވެރިންގެ އާ ރެކޯޑެއް ގާއިމްކޮށްފައިވާ ކަމަށެވެ.
އެމްއެމްޕީއާރްސީން މިއަހަރު ބައިވެރިވި އަދި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި 23 ފެއާ އާއި ރޯޑްޝޯ، 15 ސޯޝަލް މީޑިއާ ކެމްޕޭން އަދި 23 ވާޗުއަލް އިވެންޓް ހިމެނޭ ކަމަށްވެސް އެމްއެމްޕީއާރުސީ އިން ބުނެއެވެ. މީގެ ތެރެއިން މުހިންމު ގިނަ މާކެޓްތަކަކަށް ދިވެހިރާއްޖޭގެ ތަފާތު ތަޖުރިބާތައް ދައްކާލުމަށް ކުރިއަށްގެންދިޔަ ’ޑިސްކަވަރ މޯލްޑިވްސް‘ ވެބިނާ ސީރީޒް ކުރިޔަށް ގެންގޮސްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
އައިޓީބީ ބާލިން 2024 އާއި އޭޓީއެމް ދުބާއީ 2024 ގައި މިއަހަރު ބައިވެރިވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މަަންދޫބުންގެ އެންމެ ބޮޑު ވަފުދަތަކަށް ވުމާއެކު، ދިވެހިރާއްޖެއިން ވަނީ މި މުހިންމު އިވެންޓްތަކަށް ވަރުގަދަ ކޮމިޓްމަންޓެއް ދައްކާފައިކަމަށްވެސް އެމްއެމްޕީއަރްސީން ބުނެ އެވެ.
މުހިންމު ފިޔަވަޅެއްގެ ގޮތުން ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް އައިޓީބީ ޗައިނާގެ ހޯސްޓް ކަންޓްރީ ސްޕޮންސަރުގެ ގޮތުގައި މަސައްކަތްކޮށް، ޗައިނާގެ މުހިންމު މާކެޓުގައި ދިވެހިރާއްޖޭގެ ބްރޭންޑް އިތުރަށް ފުޅާކުރި އެވެ.
މީގެ އިތުރުން، އަންނަ އަހަރު ފެށޭ އެންމެ މަގުބޫލު އެއް ގްލޯބަލް ކެމްޕޭނެއް ކަމަށްވާ ’ދަ ވޯލްޑްސް ބިގެސްޓް ގިވްއަވޭ 2025‘ ކަމަށްވެސް އެމްއެމްޕީއާރުސީ އިން ބުނެ އެވެ.
އެމްއެމްޕީއާރްސީގެ އެމްޑީ ޝިއުރީ އިބްރާހިމް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)