އެމްއެމްޕީއާރުސީއަށް މިދިޔަ އަހަރު 27 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު

Advertisement

އެންމެ ފަސް

Advertisement

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް މިދިޔަ އަހަރު 27 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.

މިއީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ފައިދާ ލިބުނު ފުރަތަމަ ފަހަރެވެ.

އެމްއެމްޕީއާރުސީން ހާމަކުރި ގޮތުގައި 2023 ވަނަ އަހަރު އެ ކުންފުންޏަށް 17 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާއިރު، މިދިޔަ އަހަރު ލިބުނު 27 މިލިއަން ރުފިޔާގެ ފައިދާއަކީ ކުންފުނީގެ ހިންގުމަށް ގެނައި ހެޔޮ ބަދަލުތަކުގެ ނަތީޖާއެކެވެ.

ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި މިދިޔަ އަހަރު ރިކަރަންޓް ޚަރަދު 10 ޕަސެންޓް ދަށްކުރުމާއި، ގްލޯބަލް ޕަބްލިކް ރިލޭޝަން ޕާޓްނަރޝިޕްތަކުގެ ޕަރފޯމަންސް ބޭސްޑް އޮޑިޓެއް ހެދުން ހިމެނެއެވެ. މީގެ އިތުރުން، ޕީއާރު އެޖެންސީތަކުގެ އަދަދު 21 އިން ހަޔަށް މަދުކުރުމުގެ ސަބަބުން ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވުނު ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން، މިވަގުތު 21 ޑެސްޓިނޭޝަން މާކެޓިންގ ކެމްޕޭން ކުރިއަށްދާ ކަމަށް އެމްއެމްޕީއާރުސީން ފާހަގަކޮށްފައިވެއެވެ. އަދި ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި އެއަރލައިންތަކާއެކު ކޯ-އިންވެސްޓްމަންޓް ޕާޓްނަރޝިޕްތަކެއް ޤާއިމުކޮށް، މި ކެމްޕޭންތަކަށް 10 މިލިއަނެއްހާ ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ