ބޭރުގެ ޔޮޓަކަށް އެމްޕީއެލް އިހަވަންދިއްޕޮޅު ގޭޓުން ފުރަތަމަ ފަހަރަށް ހިދުމަތްދީފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިހަވަންދިއްޕޮޅު ގޭޓުން ފުރަތަމަ ފަހަރަށް ބޭރުގެ ޔޮޓަކަށް ހިދުމަތް ދީފި އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ހިދުމަތް ދީފައިވަނީ ރާއްޖެއަށް ފަތުރުވެރިން ގޮވައިގެން އައި ޔޮޓަކަށް ކަމަށެވެ.

އިހަވަންދިއްޕޮޅުގައި އެމްޕީއެލްއިން ގާއިމުކޮށްފައިވާ ’އިންޓަރނޭޝަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ ގޭޓު‘ އިން މި ޔޮޓަށް ވަނީ ކުލިއަރެންސް ޚިދުމަތް ދީފަ އެވެ. މި ހިދުމަތް އެ ޔޮޓަށް ދީފައިވަނީ އެ ޔޮޓުން އެކަމަށް އެދުމުންނެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ބޭރުގެ ޔޮޓު ފަހަރުތައް ފަތުރުވެރިން ގޮވައިގެން ދަތުރު ކުރާ މިންވަރު އިތުރުވާނެ ދުވަސްވަރަކަށް ވުމުން އެމްޕީއެލްއިން ވަނީ މި ޔޮޓުތަކަށް ހިދުމަތް ދިނުމަށް ތައްޔާރުވެފައިވާ ކަމަށްވެސް ވަޖީހު ވިދާޅުވި އެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފަށާފައިވަނީ ސެޕްޓެމްބަރު 19، 2024 ގަ އެވެ. މި ހިދުމަތް ދޭން ފަށާފައިވަނީ ”އުތުރު އުލިގަން އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް“ ގެ ދަށުންނެވެ. މީގެ އިތުރުން މި ގޭޓުން ބޯޓު ފަހަރަށް ބޭނުންވާ އިތުރު ހިދުމަތްތައްވެސް އެމްޕީއެލްއިން ވަނީ ފޯރުކޮށްދޭން ފަށާފަ އެވެ.

ބަންކަރިންގ ހިދުމަތް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިިމް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ