އެމްޕީއެލްގެ އެޕްރެންޓިސް ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ އެޕްރެންޓިސް ޕްރޮގްރާމް ރަސްމީކޮށް ފަށައިފި އެވެ.

މި ޕްރޮގްރާމް ރަސްމީކޮށް ފެށީ އެމްޕީއެލް ހެޑް އޮފީހުގައި އިއްޔެ ހެނދުނު ބޭއްވުނު ޚާއްސަ ރަސްްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޔޫތް މިނިސްޓްރީގެ އިންފޮމޭޝަން އެންޑް އާޓްސްގެ ޑެޕިއުޓީ މިނިސްޓަރ ހުސެއިން ޖަވާޒެވެ. މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޑީސީޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާންވެސް ބައިވެރިވެވަޑައިގަތެވެ. މި ރަސްމިއްޔާތުގައި ޕްރޮގްރާމްގެ ބައިވެރިންނަށް އޮފަރ ލެޓާ ހަވާލުކޮށްދެއްވީ ޑެޕިއުޓީ މިނިސްޓަރ ޖަވާޒެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަވާޒް ވިދާޅުވީ، އެޕްރެންޓިސް ޕްރޮގްރާމްތައް ހިންގުމުގައި އެމްޕީއެލްއަކީ ނަމޫނާ ކުންފުންޏެއް ކަމަށެވެ. އަދި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި، ތަމްރީނު ފުރުސަތުތައް ހޯދައިދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

”ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުވުމަށް ބޭނުންވާ ޓެކްނިކަލް ކަންކަން ދަސްކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއް. އަދި މިހާތަނަށް ޤައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ޒުވާނުންގެ ތެރެއިން 72 އިންސައްތަ ބައިވެރިންނަށް ވަޒިފާގެ ފުރުސަތު ލިބިފައިވޭ“ ޑެޕިއުޓީ މިނިސްޓަރު ޖަވާޒް ވިދާޅުވިއެވެ.

އެމްޕީއެލްގެ ސީއީއޯ ރިޝްވާން ވިދާޅުވީ، އެމްޕީއެލްގެ އަމާޒަކީ ބަނދަރުގެ އެކި ދާއިރާތަކަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ފުރުސަތު ފަހިކޮށްދީ، އެކަމަށް ބޭނުންވާ ތަމްރީންތައް ޒުވާނުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

”މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ގާބިލް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ، އެ ކުދިންނަށް ބޭނުންވާ އަމަލީ ތަޖުރިބާ ފޯރުކޮށްދިނުން. އަދި މި ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން އެކަމަށް ގާބިލް ކުދިންނަށް އެމް.ޕީ.އެލް އިން ވަޒީފާގެ ފުރުސަތު ލިބިގެންދާނެ.“ ސީއީއޯ ރިޝްވާން ވިދާޅުވިއެވެ.

އެމްޕީއެލްއިން ބުނީ، ޤައުމީ އެޕްރެންޓިސް ޕްރޮގްރާމްގެ ދަށުން ހިންގާ އެމްޕީއެލް އެޕްރެންޓިސް ޕްރޮގްރާމްގައި މި އަހަރު 20 ފަރާތެއް ބައިވެރިވެފައިވާ ކަމަށެވެ. މިއީ އެމްޕީއެލް އެޕްރެންޓިސް ޕްރޮގްރާމްގެ 12 ވަނަ ބެޗް އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ