ކ. ތުލުސްދޫގައި އާ އަހަރަށް ހަވާ އަރުވާނެ ކަމަަށް ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވެއްޖެ އެވެ.
ޖަވިޔަނި ނޫހަށް މައުލޫމާތު ދެެއްވަމުން އަސްލަމް ވިދާޅުވީ އާއަހަރު ފާހަގަ ކުރުމުގެ ގޮތުން އެރަށުގައި ބައިވަރެއް ހަރަކާތް ތަކެށް ބާއްވަން ރާވާފައިވާ ކަމަށެވެ. އެގޮތުން ބީޗް ޕާޓީ ބޭއްވުމާއި، ބޮޑުބެރު ޝޯތައް ބޭއްވުންވެސް ހިމެނެ އެވެ.
އަސްލަމް މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އާއަހަރުގެ ދެވަނަ ދުވަހުގެ ރޭގަޑުގައިވެސް ބައެއް ކުޅިވަރުތައް ބާއްވަން ރާވަމުން ދާކަމަށެވެ.
ތުލުސްދޫ އަކީ ފަތުރުވެރިންގެ ތެރޭގައި މަގުބޫލު ރަށަކަށް ވެފާވާއިރުގައި މިދިޔަ އަހަރު އާއަހަރު ފާހަގަ ކުރުމުގެ ގޮތުންވެސް ތުލުސްދޫގައި ވަނީ ވަރަށް ގިނަ ކުޅިވަރުތަކެއް ބާއްވާފަ އެވެ. އަދި ހަވާ އަރުވާފައިވެސްވެ އެވެ.
