އެންމެ ލަސްވެގެން ޖަނަވަރީ މަހުގެ ތެރޭގައި ތުލުސްދޫ މަގު ހެދުމުގެ މަސައްކަތް ފަށާނެ: ރައީސް

Advertisement

އެންމެ ފަސް

Advertisement

އެންމެ ލަސްވެގެން ޖަނަވަރީ މަހުގެ ތެރޭގައި ކ. ތުލުސްދޫ މަގު ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ، ކ. އަތޮޅަށް ރައީސް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ތުލުސްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ތުލުސްދޫގައި ފަށާނެ މަސައްކަތަކީ އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއު ކަމަށެވެ. އަމާޒަކީ ކުރިޔަށް އޮތް މަހެއް ހާ ދުވަސްތެރޭގައި އެކަން ކުރެވޭ ވަރުގެ ބަޔަކާއި މަސައްކަތް ހަވާލިކޮށް މި އަހަރު ނިމުމުގެ ކުރީގައި ފަށައިގަތުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

”މި އަހަރު ނިމެންވާ އިރަށް ހަމަ ފެށެވަރު ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން. ހަމަ އެންމެ ލަސްވެގެންވެސް ޖެނުވަރީ މަހުގެ ތެރޭގައި އަމަލީ ގޮތުން މަގު ހެދުމުގެ މަސައްކަތް ފެށިގެންދާނެ.“

ތުލުސްދޫގެ މަގުތަށް ހެދުން ވެގެންދާނީ ތުލުސްދޫގެ ރަށްޔިތުންނާއި ހުރިހާ ފަރާތްތަކަށްވެސް ވަރަށް މުހިންމު ކަމަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެންމެ އިސްކަމެއް ދެއްވައިގެން ކުރިޔަށް ގެންދާނެ މަސައްކަތަކަތަކީ އެ ރަށުގެ މަގު ހެދުމުގެ މަސައްކަތް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކ. ތުލުސްދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ