ރާއްޖެ އަކީ ފަތުރުވެރިނަށް އަމާން، ރައްކާތެެރި މަންޒިލެއް: ޓޫރިޒަމް މިނިސްޓްރީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނިހާދު އަމިއްލަ ހައިސިއްޔަތުން ދެއްކެވި ވާހަކަ އަކީ ސަރުކާރުގެ ރަސްމީ ބަހެއް ނޫން ކަމަށާއި، ރާއްޖެއަކީ ރައްކާތެރި އަމާން އަމާން މަންޒިލެއްކަމުގެ ޔަޤީންކަން ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ދީފި އެވެ.

އަންގާރަ ދުވަހުގެރޭ ވެރިކަން ކުރާ ކޮންގްރެސް ޕާޓީން ބޭއްވި ޖަލްސާގައި ނިހާދު ވަނީ އިދިކޮޅު އެމްޑީޕީން ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވެފަ އެވެ. އެއާއެކު ސަރުކާރަށާއި، މިނިސްޓްރީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ.

މި ފާޑުކިޔުންތަކަށް ރައްދު ދެމުން، ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ނިހާދުގެ ބަސްތައް އެއީ އަމިއްލަ ހައިސިއްޔަތުން ދެއްކެވި ވާހަކަތަކެއް ކަމަށާއި، އެއީ ސަރުކާރުގެ ރަސްމީ ބަހެއް ނޫން ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން އަންނަ ފަތުރުވެރިންނަށް ރައްކާތެރި، މަޑުމައިތިރި އަދި މަރުޙަބާ ކިޔާ ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރާ މަސައްކަތް އަލުން ކަށަވަރުކޮށްދީފައިވެ އެވެ.

މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ދަށުން މިއަހަރު ދިވެހިރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ލަފާކުރެވެ އެވެ. މިއީ ރެކޯޑު އަދަދެކެވެ. އަދި 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރެކޯޑު ކުރެވުނު މުހިންމު ކާމިޔާބީތަކެއްގެ ވާހަކަވެސް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ. މީގެ ތެރޭގައި ފެބްރުއަރީ 10 ވަނަ ދުވަހު އެއް ދުވަހެއްގައި އެންމެ ގިނަ އަދަދެއްގެ ގޮތުގައި ރެކޯޑު ކުރެވުނު 10،213 ފަތުރުވެރިންނާއި އެއް މަހެއްގައި އެންމެ ގިނަ އަދަދެއްގެ ގޮތުގައި ރެކޯޑު ކުރެވުނު 217،392 ފަތުރުވެރިން ހިމެނެ އެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ރާއްޖޭގެ މަޤްބޫލުކަން ހަމައެކަނި ޤުދުރަތީ ރީތިކަމަށް ވުރެ ފުޅާވެގެންދާ ކަމަށެވެ. އަދި ހުރިހާ ފަތުރުވެރިންނަށްވެސް އަގުހުރި އަދި ރައްކާތެރި ތަޖުރިބާއެއް ލިބިދިނުމަށް އަމާޒުކޮށް، ހޫނުކަމާއި އެކުވެރިކަމާއެކު މެހެމާންދާރީ އަދާކުރުމަށް އިސްކަންދޭކަން ފާހަގަކޮށްފައިވެ އެވެ.

”ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރި މަންޒިލުތަކުގެ ތެރެއިން އެއް މަންޒިލުގެ ގޮތުގައި ދެމިހުރުމުގެ ޤާބިލުކަން ހުރި ޤައުމެއް. އަޅުގަނޑުމެން މިތިބީ ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް،“ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފަތުރުވެރިކަމުގެ ކުރިއެރުމާއި ސިޔާސީ އިސްތިޤްރާރު ހިފެހެއްޓުމުގައި ހުރި ގޮންޖެހުންތައް ޤަބޫލުކުރާ ހާލު، މިނިސްޓްރީން ވަނީ ދިވެހިރާއްޖެއަކީ މަޑުމައިތިރި އަދި ހިތްފަސޭހަ ތަނެއްގެ ގޮތުގައި އޮތް ނަން ދެމެހެއްޓުމަށް ކުރާ މަސައްކަތް އަލުން ކަށަވަރުކޮށްދީފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމަށް ކުރާ އަޒުމު އަލުން ކަށަވަރުކޮށްދީފައިވެ އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް ފަތުރުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ