2 ގައުމަކުން ރާއްޖެއައް ކޮންސުލްއިން އައްޔަން ކޮށްފި

Advertisement

އެންމެ ފަސް

Advertisement

2 ގައުމަކުން ދިވެހިރާއްޖެއައް ކޮންސުލްއިން މިއަދު އައްޔަން ކޮށްފި އެވެ.

މިކަން ހާމަކޮސްފައި ވަނީ، ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެގޮތުން، ރާއްޖޭގައި ހުންނަ ރަޝިޔާގެ ކޮންސުލް ޖެނެރަލްގެ މަޤާމަށް އައްޔަން ކޮށަފައި ވަނީ، އަލެކްސޭ އެމް އެވެ. އަދި ރާއްޖޭގައި ހުންނަ މެލޭޝިޔާގެ އޮނަރަރީ ކޮންސުލްގެ މަޤާމަށް އައްޔަން ކޮށްފައިވަނީ، ރާގެބް އަޙްމަދު ޚަލަފް އެވެ.

މާލޭގެ އޮނަރަރީ ކޮންސުލްގެ މަޤާމަށް އައްޔަން ކޮށްފައިވާ އަލްފާޟިލް ރާގެބް އަޙްމަދު ޚަލަފް އާއި ފޮރިން މިނިސްޓަރ ހަލީލް

މިނިސްޓަރ ވިދާޅުވެފައި ވަނީ، ރާއްޖެއަށް އައްޔަން ކުރެއްވި ފުރަތަމަ ކޮންސުލް ޖެނެރަލްގެ ހައިސިއްޔަތުން އެލެކްސެއި އައްޔަން ކުރެއްވުމަކީ ތާރީހީ ކަމެއް ކަމަށެވެ.

”ފަތުރުވެރިންނަށް އަޅުގަނޑުމެންގެ ދެވަނައަށް އެންމެ ބޮޑު ސޯސް މާކެޓަކީ ރަޝިޔާއާއެކު، އިޤްތިޞާދީ ޕާޓްނަރޝިޕްތައް އިތުރުކުރުމާއި، އަޅުގަނޑުމެންގެ ދެޤައުމުގެ ދެމެދުގައި ދެޤައުމުގެ ގުޅުން ބަދަހިކުރުމުގައި އޭނާގެ ދައުރަކީ ވަރަށް މުހިންމު ދައުރެކެވެ.“

މިނިސްޓަރުގެ ޕޯސްޓުގައި ވަނީ ދެ ބޭފުޅުންނަށް ވެސް މަރުހަބާ ދަންނަވާފަ އެވެ.

ރާއްޖެ - ރަޝިޔާ ރާއްޖެ - މެލޭޝިޔާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ