އިޤުތިޞާދީ ހަމަހަމަކަން ފަދަ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް ރައީސް އެދިވަޑައިގެންފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އިޤުތިޞާދީ ހަމަހަމަކަން ފަދަ މައްސަލަތަކަށް ޙައްލު ހޯދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ގޮވާލެއްވީ ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ 40 ވަނަ ޗާޓަރ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގަ އެވެ.

ރައީސްގެ މެސެޖުގައި، ސާކްގެ ސެކްރެޓަރީ ޖެނެރަލަށާއި، ސެކްރެޓޭރިއެޓަށާއި، ސާކާ ގުޅިފައިވާ އެންމެހައި މުއައްސަސާތަކަށާއި، ދެކުނު އޭޝިއާގެ ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައިވެ އެވެ. އަދި ސަރަޙައްދީ ސުލްޙަމަސަލަސްކަމާއި ތަމައްދުނު ހާސިލުކުރުމަށްޓަކައި ސާކް ޗާޓަރުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި އަސާސްތަކަށް އަލިއަޅުއްވާލައްވާފައިވެ އެވެ.

ރައީސްގެ މެސެޖުގައި، މޫސުމަށް އަންނަ ބަދަލުތަކާއި، އާންމު ޞިއްޙަތާއި، އިޤުތިޞާދީ ހަމަހަމަކަން ފަދަ ނާޒުކު މައްސަލަތަކަށް ޙައްލު ހޯދުމަށް ކުރެވޭ މަސައްކަތްތައް އާ ހިތްވަރަކާއެކު ކުރިއަށް ގެންދިއުމަށް ގޮވާލައްވާފައިވެ އެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީއާއި އުފެއްދުންތެރިކަމާއި ވިލުންވެރި ބިނާވެށްޓަކަށް އިސްކަންދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެ އެވެ.

މެސެޖު ނިންމަވާލައްވަމުން، ދެކުނު އޭޝިއާގެ ރައްޔިތުންނަށް އުފާވެރި، އުޖާލާ މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި ސާކްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، ޝާމިލުވުން އިތުރުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެަތްކުރާނެކަމުގެ ޔަޤީންކަން ދެއްވާފައިވެ އެވެ.

”ސާކް ޗާޓަރ ޑޭ“ ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ. މިއަހަރު ފާހަގަކުރެވުނީ މި ދުވަހުގެ 40 ވަނަ އަހަރީ ދުވަހެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސާކް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ