ތޮއްޑޫގައި ޑޮލަރުގެ އޭޓީއެމް އެއް ގާއިމުކޮށްދެއްވާނަން: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

އއ. ތޮއްޑޫގައި ޑޮލަރުގެ އޭޓީއެމް އެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ އަރިއަތޮޅު އުތުރުބުރި އާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އއ. ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ތޮއްޑޫގައި ޑޮލަރުގެ ވިޔަފާރި ވަރަށް ބޮޑަށް ހިންގާ ކަމަށާއި، ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ޚިދުމަތް ކުރުމުގެ ސިޔާސަތުގެ ތެރެއިން އެ ރަށުގައި ތިބެގެން ޑޮލަރު ވިތްޑްރޯ ކުރެވޭނެ ގޮތް ވާންޖެހޭނެ ކަމަށެވެ.

”މި ރަށަކީ ޑޮލަރުގެ އާމްދަނީ ވަރަށް ބޮޑަށް ލިބޭ ރަށެއްމީ، އެހެންވީމާ ޑޮލަރުގެ އޭޓީއެމް އެއް އިރާދަކުރެއްވިޔާ ގާއިމް ކޮށްދޭނަން.“ ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ރަށެއްގައި ރުފިޔާގެ އޭޓީއެމް ގާއިމް ކުރުމުގެ މަޝްރޫޢެއް މިހާރު ފަށާފައިވާ ކަމަށާއި، 2025 ވަނަ އަހަރުގެ ތެރޭގައި މުޅި އަހަރަށް ބަހާލައިގެން ރައްޔިތުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމް ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

”އޭޓީއެމް ނެތް ރަށްރަށުގައި އަހަރު ފެށިގެން ނިމެންވާއިރަށް ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓާނެ، އަދި ބައެއް ރަށްރަށުގައި އެމްއައިބީގެ އޭޓީއެމްވެސް ބަހައްޓާނެ، އޭގެ ބޭނުމަކީ ރައްޔިތުންގެ ގެދޮރާއި ކައިރިން ބޭންކިން ނިޒާމު ލިބިގެން ދިއުން.“ ރައީސް ވިދާޅުވި އެވެ.

އާބާދީ ބޮޑު ތަރައްޤީވެފައިވާ ގިނަ ރަށްތަކުގައި ބީއެމްއެލް ބްރާންޗްތައް ވެސް ގާއިމް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ބޭނުންވަނީ އެމީހަކާ ގާތުން ތަފާތުކުރުމެއްނެތި ހަމަހަމަކަމާ އެކު ބޭންކިން ޚިދުމަތް ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުން ކަމަށެވެ. އަދި މިކަން ކުރުމާ އެކީގައި ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތައްވެސް ހިނގަމުންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އއ. ތޮއްޑޫ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ