ފޮރިން އެކްސްޗޭންޖް ގާނޫނެއް ހަދަނީ ކާޑުގެ ހިދުމަތް ހުއްޓެން ބޭނުން ނުވާތީ: ގަވަރުނަރު

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދާދި ފަހުން އަމަލު ކުރަން ފެށި ބޭރު ފައިސާގެ ގަވައިދަށް އިތުރު ބާރެއް ދިނުމުގެ ގޮތުން ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ދަނީ ކާޑުގެ ހިދުމަތް ހުއްޓެން ބޭނުން ނުވާތީކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

މުނައްވަރު މިހެން ވިދާޅުވީ މިއަދު އެމްއެމްއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެމްއެމްއޭއިން މިހާރު ވަނީ ފޮރިން އެކްސްޗޭންޖް ގާނޫނުގެ ޑްރާފްޓް ބިލެއް އެކުލަވާލާ އެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މި ބިލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ ބޭރުގެ އެހެން ގައުމުތަކުގައިވެސް މިފަދަ ގާނޫނުތަކެއް މީގެ އެތަށް އަހަރެއް ކުރިން އެކުލަވާލާފައިވާ ކަމަށެވެ. ރާއްޖެއަށް މީގެ ގާނޫނެއް ވަރަށް މުހިންމުކަމަށް މުނައްވަރު ވިދާޅުވި އެވެ.

އަޅުގަނޑު އައިސް ވަރަށް ބޮޑަށް މަސައްކަތްތަކެއް ފަށައި މިކަން އަވަސްކުރަން ޖެހުނު ސަބަބަކީ ތިޔަބޭފުޅުންނަށް ހަމަ އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެންގެ ފޮރިން އެކްސްޗޭންޖް މާކެޓުގައި ޚާއްޞަކޮށް ބޭންކްތަކަށް ޑޮލަރު ވަންނަވަރު ވަރަށް ބޮޑަށް އެހެރީ ދަށްވެފަ.

ރާއްޖޭގެ ބޭންކްތަކަށް ކޮވިޑްގެ ކުރިން 70 އިންސައްތަ ޑޮލަރު ވަންނަ ކަމަށާއި ނަމަވެސް މިހާރު އެ އަދަދު ހުރީ 50 އިންސައްތައިގައިކަމަށް މުނައްވަރު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ބޭންކްތަކަށް މާރު ކުރާ މިންވަރު މިހާރު ހުރީ 10 އިންސައްތައިގައި ކަމަށާއި ކޮވިޑްގެ ކުރިން އެ އަދަދު އުޅުނީ ގާތްގަނޑަކަށް 20 އިންސައްތައިގައިކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފޮރިން އެކްސްޗޭންޖް ގާނޫނެއް އެކުލަވާލަނީ މިއީ މިހާރު ރާއްޖޭގެ ފޮރިން އެކްސްޗޭންޖް މާކެޓު ހުރި ލެވެލް ކުރިން ފޮރިން އެކްސްޗޭންޖް މާކެޓު ހުރި ލެވެލްއަށް ގެންދިއުމަށް ކޮންމެހެންވެސް ކުރަން ޖެހޭ ކަމަކަށް ވާތީކަމަށް މުނައްވަރު ވިދާޅުވި އެވެ.

ދިވެހި ރައްޔިތުންނަށް މިސާލަކަށް އަޅުގަނޑުމެންގެ ބޭންކް އޮފް މޯލްޑިވްސް ކާޑު ޚިދުމަތް ހުއްޓޭކަށް އަޅުގަނޑުމެން ބޭނުންވޭތޯ؟ އަޅުގަނޑު ހަމަ ޔަޤީނުންވެސް ބޭނުމެއް ނުވޭ.

މުނައްވަރު ވިދާޅުވީ ބޭންކިން ނިޒާމުގެ ތެރެއަށް ޑޮލަރު ނުވަންނަކަމަށްވާނަމަ ދިވެހިންނަށް ދޭންޖެހޭ ޚިދުމަތްތަކާއި އަޅުގަނޑުމެންގެ ވިޔަފާރިތަކަށް ބޭނުންވާ ޚިދުމަތްތައް ނުދެވޭނެ ކަމަށެވެ. އަދި ޑޮލަރު ނުވަންނަކަމަށް ވަނީނަމަ ބޭންކްތައް ފަންކްޝަނެއް ނުކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

އަހުމަދު މުނައްވަރު އެމްއެމްއޭ އެމްއެމްއޭގެ ގަވަރުނަރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ