ދެ ވަނަ ކުއާޓަރުގައި ސިނާއަތްތަކާއި އިގްތިސާދު ކުރިއަރާފައިވޭ: އެމްއެމްއޭ

Advertisement

އެންމެ ފަސް

Advertisement

މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި މައިގަނޑު ސިނާއަތްތަކަށް ކުރިއެރުން ލިބި، އިގްތިސާދު ކުރިއަރާފައިވާ ކަމަށް އެމްއެމްއޭގެ ކުއާޓަލީ އިކޮނޮމިކް ބުލެޓިންއިން ހާމަވެއްޖެ އެވެ.

ކުއާޓަލީ އިކޮނޮމިކް ބުލެޓިން ދައްކާގޮތުން، މިއަހަރުގެ ދެ ވަނަ ކުއާޓަރުގައި އިގްތިސާދީ ކުރިއެރުން ލިބުނީ ފަތުރުވެރިކަމާއި މަސްވެރިކަމާއި އިމާރާތް ކުރުމުގެ ދާއިރާއިން ލިބުނު ރަނގަޅު ކުރިއެރުމުގެ ސަބަބުންނެވެ.

އެގޮތުން، ފަތުރުވެރިކަމުގެ ދާއިރާއިން ޖޫން މަހުގެ ނިޔަލަށް 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމަކީ މިހާތަނަށް ލިބުނު އެންމެ އަވަސް ކުރިއެރުން ކަމަށާއި އަދި މަސްވެރިކަމުގެ ދާއިރާއިން ގަނެވުނު މަހުގެ ޖުމްލަ އަދަދު %101 އިތުރުވެ، ކަޅުބިލަމަހުގެ އަދަދު %133 އަށް އިތުރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން، އިމާރާތްކުރުމުގެ ދާއިރާއިން އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކާއި ރިސޯޓު ތަރައްގީކުރުމުގެ މަޝްރޫއުތަކުގެ ސަބަބުން ހަލުވި ދުވެއްޔެއްގައި މި ދާއިރާ ކުރިއަރާފައިވާކަމަށާއި، ރިއަލް އެސްޓޭޓް ދާއިރާ ވެސް ކުރިއަރާފައިވާ ކަަމަށް ބުނެފައިވެ އެވެ.

ދެ ވަނަ ކުއާޓަރުގައި ސަރުކާރުގެ މާލީ ހާލަތު ވެސް ފާހަގަކޮށްލެވޭ މިންވަަރަކަށް ރަނގަޅުވެފައިވާކަމަށް ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައި ބުނެފައިވެ އެވެ. އެގޮތުން، ހިލޭ އެހީ ނުހިމަނައި ޖުމްލަ އާމްދަނީ 8.9 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށާއި ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ %50 ގައި ހިފެހެއްޓިފައި ހުރިއިރު ލޯނު ދޫކޮށްފައިވާ އަދަދު އެއް ހަމައެއްގައި ހިފެހެއްޓިފައިވާ ކަމަށް ބުނެފައިވެ އެވެ.

މީގެއިތުރުން އެމްއެމްއޭއިން ބުނީ ރާއްޖޭގެ އިގްތިސާދު ކުރިއަރާ މިންވަރު ހަލުވި މިނެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ.

އެމްއެމްއޭ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ