މީޑިއާ ކޮންޓްރޯލް ކުރާ ބިލް އަނބުރާ ގެންގޮސްފި

Advertisement

އެންމެ ފަސް

Advertisement

ސަރުކާރަށް މީޑިއާތަކުގެ ކޮންޓްރޯލް ލިބޭ ގޮތަށް މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލް އަނބުރާ ގެންގޮސްފި އެވެ.

ހަންނާން ވިދާޅުވީ އެ ބިލް އަނބުރާ ގެންދަން ހުށަހެޅުއްވީ ސަރުކާރުގެ ސިޔާސަތު ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ ކަމަށާއި، މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެންބަރުންގެ ތާއީދާ ނުލައި ބިލް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މީޑިއާ ކޮންޓްރޯލްކުރާ ބިލް އަނބުރާ ގެންދަން ހުށަހެޅުއްވިއިރު ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ ގަބޫލުކުރާ ހަމައެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މިކަމާއި ގުޅިގެން ސަރުކާރުން ބުނެފައިވަނީ، މި ބިލް ހުށަހެޅުއްވީ އަމިއްލަ މެންބަރަކަށް ވާތީ އެއީ ސީދާ ސަރުކާރާ ގުޅުން ހުރި ބިލެއް ނޫން ކަމަށެވެ.

މި ބިލްގައި ބަޔާންކުރާ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރުވެސް ބިލްގައި ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

ރައްޔިތުންގެ މަޖިލިސް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ