ވޭޕް ކުރުމުގެ ގެއްލުންތައް ރައްޔިތުންނަށް އަންގައިދިނުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ވޭޕް ކުރުމުގެ ގެއްލުންތައް ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުން ރައްޔިތުންނަށް އަންގައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވަނީ ގޮވާލައްވަފި އެވެ.

މި ގޮވާލެއްވުން އައިސްފައިވަނީ މިއަދު އޮރެންޖް ހިޔާގައި ބޭއްވުނު މިނިސްޓްރީ އޮފް ހެލްތުގެ ސިވިލް ސަރވިސް މުވައްޒަފުންގެ 52 ހަފުތާގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ރަސްމިއްޔާތުގަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، އާންމު ޞިއްޙަތުގެ ދުޅަހެޔޮކަމަށްޓަކައި، ވޭޕް ކުރުން ފަދަ ކަންކަމުގައި ހުރި ގެއްލުންތައް ރައްޔިތުންނަށް އަންގައިދިނުމަކީ ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުހިންމު ޒިންމާއެއް ކަމުގަ އެވެ. އަދި ސިވިލް ސަރވިސް މުވައްޒަފުން އެއްބައިވަންތަކަމާއެކު މަސައްކަތްކުރެއްވުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، މެޑަމް ސާޖިދާ ވަނީ ޞިއްޙީ ދާއިރާގެ ފަރާތްތަކަކީ ނުހަނު އިހުލާސްތެރިކަމާއެކު މަސައްކަތްކުރައްވާ ބައެއްކަން ފާހަގަކުރައްވާފަ އެވެ. އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ޕޮލިސީ ލެވެލްގައި މަސައްކަތްކުރައްވާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ހެލްތު މިނިސްޓްރީގެ ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކޮށް ދެއްވާ ޝުކުރުގެ ބެޖު ޙަވާލުކޮށްދެއްވާފަ އެވެ. މިކަމުން ފެންނަނީ ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ދިވެހިންގެރާއްޖެ365

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ