ރާއްޖެއިން ދެމެހެއްޓެނިވި ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ލިބެމުންދާނެ ކަމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭއައިބީ) އިން ބުނެފި އެވެ.
އޭއައިބީ އިން މިގޮތަށް ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ)ގެ ރައީސް އަދި ބޯޑް އޮފް ޑިރެކްޓަރސްގެ ޗެއަރ ޖިން ލީޗުންއާ އިއްޔެ ބައްދަލުކުރެއްވުމުގެ ތެރެއިން ނެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދަވާފައިވަނީ، އެކުވެރި ދައުލަތްތަކުގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގަ އެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އޭ.އައި.އައި.ބީ އިން ރާއްޖެއަށް ދެއްވާ އެހީއަށް ޝުކުރުއަދާކުރައްވައި، އެ އެހީތެރިކަމަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ޒަރޫރީ އެހީއެއްކަން ފާހަގަކުރައްވާފަ އެވެ. އަދި ރާއްޖެއިން އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ، ޤައުމީ ތަރައްޤީގެ 20 އަހަރުގެ މާސްޓަރ ޕްލޭން ފަދަ ދުރު ރާސްތާއަށް އެކަށައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް، އޭ.އައި.އައި.ބީގެ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.
އޭ.އައި.އައި.ބީގެ ރައީސް ޖިން ގެ ވާހަކަފުޅުގައި ވަނީ، ދިވެހިރާއްޖެއިން ދެމެހެއްޓެނިވި ތަރައްޤީއަށާއި ވިލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކުގައި އޭ.އައި.އައި.ބީގެ އެއްބާރުލުން ލިބެމުންދާނޭކަމުގެ ޔަގީންކަން އަރުވާ ފައެވެ.
ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ލީޑަރުންވެސް ވަނީ، ވަސީލަތްތައް ސިންދަފާތުކުރުމުގެ މުހިންމުގެ މައްޗަށް މަޝްވަރާކޮށް، ރާއްޖޭގެ މޫސުމީ އަދި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅުންހުރި ދާއިރާތަކުގައި އެކުގައި މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގެންފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮޕް29 އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭއައިބީ)