ދުނިޔޭގެ ލީޑަރުންގެ ވައުދުތައް އަމަލީ ސިފަ ގެނައުމަށް ރައީސް މުޢިއްޒު ގޮވާލައްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދުނިޔޭގެ ލީޑަރުންގެ ވަޢުދުތައް، ނަތީޖާ ފެންނާނޭ ފަދަ ޢަމަލުތަކަކަށް ބަދަލުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ގޮވާލައްވައިފި އެވެ.

މި ގޮވާލެއްވުން އައީ، އެކުވެރި ދައުލަތްތަކުގެ މޫސުމީ ބަދަލުތަކާ ގުޅޭ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގައި ބޭއްވުނު ލީޑަރުންގެ ސަމިޓުގައި އިއްވެވި ބަޔާނުގައެވެ.

ރައީސް މުޢިއްޒު އެ ބައްދަލުވުމުގައި ވިދާޅުވީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ބޭނުންތައް ފުއްދައިދިނުމުގައި މިހާރުގެ މާލީ ނިޒާމު ނާކާމިޔާބުވެފައިވާ ކަމަށެވެ. އަދި މާލީ ވަސީލަތްތައް ނެތި ހިފާ އަމާޒުތަކަކީ ހަމައެކަނި އުއްމީދުތަކެއްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

”މޫސުމީ ބަދަލުތަކުގެ ސަބަބުން، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެތައް އަހަރެއްގެ ތަރައްޤީ ގެއްލިގެންދޭ،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ ޤައުމުތަކުގެ މުހިންމު ބޭނުންތައް ފުއްދައިދެވޭނެ ގޮތަކަށް މާލީ އޮނިގަނޑު ބައްޓަންކުރަން އެބަޖެހޭ.“

މި މަޤްޞަދު ހާސިލުކުރުމަށް ރައީސް މުޢިއްޒު ތިން ކަމެއް ހުށަހެޅުއްވިއެވެ:

  • އދ. ބައިނަލްއަޤްވާމީ މާލީ މުއައްސަސާތައް އަދި އަމިއްލަ ސެކްޓަރުގެ ފުރިހަމަ އެހީތެރިކަން ހޯދުން.
  • މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާ ގުޅޭ ދަރަނި މަޢާފުކޮށްދިނުމާއި، ކްރެޑިޓްވަރދިނަސް މާނަކުރާ ގޮތް ބަދަލުކުރުން.
  • ސިޑްސްގެ ހަޤީޤީ ބޭނުންތައް ތަމްސީލުކުރާ އައު ކަލެކްޓިވް ކުއަންޓިފައިޑް ގޯލް (އެން.ސީ.ކިއު.ޖީ) އެއް ކަނޑައެޅުމާއި، ބައިނަލްއަޤްވާމީ ކާބަން މާކެޓް މެކޭނިޒަމާ ގުޅޭ މަޝްވަރާތައް ނިންމުން.

ރައީސް މުޢިއްޒު ވަނީ ރާއްޖެއިން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އޭގެ ތެރޭގައި އިޤްތިޞާދީ އަދި ޙަޟާރީ ތަރައްޤީއާއި ހަކަތަ އުފެއްދުމުގެ ދާއިރާގައި އެޅިފައިވާ ފިޔަވަޅުތައް ހިމެނެއެވެ.

”އަޅުގަނޑުމެން މި އަޑުއުފުލަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

”މިހާރު ވަނީ ވައުދުތައް އަމަލީ ސިފަ ގެންނަންޖެހޭ ވަގުތު އައިސްފަ.“

މި ސަމިޓަކީ މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ދުނިޔޭގެ ލީޑަރުން އެއްތަނަކަށް އެއްވެ، މި މައްސަލައަށް ހައްލެއް ހޯދުމަށް މަޝްވަރާކުރާ މުހިންމު ބައްދަލުވުމެކެވެ. ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މި މައްސަލައިގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް މުހިންމު މަންސަެއް މި ސަމިޓުން ލިބިގެންދެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮޕް29

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ