އަޒަރުބައިޖާން އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އޭޝިއާގެ ގައުމެއް ކަމަށްވާ އަޒަރުބައިޖާން އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ.

އަޒަރުބައިޖާން އެއާލައިންސް އިން މި ދަތުރުތައް ކުރަނީ އަޒަރުބައިޖާންގެ ވެރިރަށް ބަކޫއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށެވެ. އަޒަރުބައިޖާން އެއާލައިންސްގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ މިއަދު ހެނދުނު 09:45 ގައެވެ.

މި އެއާލައިނަށް މަރުހަބާ ކިޔުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދުގެ އިތުރުން ކުންފުނީގެ އިސްވެރިން ބައިވެރިވި އެވެ.

އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރ މުޙައްމަދު މިހާދު ވިދާޅުވީ މި އައު ރޫޓުގެ ސަބަބުން ދެ ގައުމުގެ މެދުގައި ދަތުރުފަތުރުގެ ގުޅުން ވަރުގަދަވެ، އަޒަރުބައިޖާނުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހައިން ދަތުރުކުރެވޭނެ މަގު ހުޅުވިގެންދާނެ ކަމަށެވެ.

އަޒަރުބައިޖާން އެއަރލައިންސްގެ ޗީފް ކޮމާޝަލް އޮފިސަރ ޖަމީލް މަނިޒާޑޭ ވިދާޅުވީ ފިނި މޫސުމުގައި ރާއްޖެ ފަދަ މަގްބޫލު މަންޒިލަކަށް ސީދާ ދަތުރުތައް ފެށުމަކީ އަޒަރުބައިޖާނުގެ ފަތުރުވެރިންނަށް ލިބޭ ބޮޑު ފަސޭހައެއް ކަމަށެވެ.

ބަކޫ އާއި ވީއައިއޭއާއި ދެމެދު އަޒަރުބައިޖާން އެއާލައިސްއިން ހަފްތާއަކު ދެ ފްލައިޓެއް އޮޕަރޭޓް ކުރުމަށް ވަނީ ނިންމާފައެވެ.

މިދަތުރުތަކުގައި ބޭނުންކުރާނީ އެއަރބަސް ބީ787 މަރުކާގެ މަތިންދާބޯޓެވެ.

ރާއްޖެ - އަޒަރުބައިޖާން އެމްއޭސީއެލް އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ