މީހަކު ރަހީނުކުރި މައްސަލައިގައި ހިމެނޭ 12 މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެ ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި 12 މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ޖަހައިިފި އެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކުރި 12 މީހުންގެ ތެރެއިން 3 މީހަކު ފަސް ދުވަހަށް އަދި 9 މީހަކު ހަތް ދުވަހަށް ބަންދު ކުރުމަށް ކޯޓުން ނިންމާފައިވާ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ ގޭންގްއަކުން މީހަކު ރަހީނުކޮށް ހިޔާ ސަރަހައްދުގެ ޓަވަރަކަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މި މަހުގެ 8 ވަނަ ދުވަހުގެ ރޭ 8:00 ހާއިރު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު ކަމަށާއި، އެއާއެކު އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށެވެ.

ރަހީނުކޮށްފައި ހުރީ H9 ޓަވަރުގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމެންޓުގައި ކަމަށާއި ފުލުހުން ވަނީ އެޕާޓްމެންޓްގެ ދޮރު ވައްޓާލައިގެން ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

އަދި ފުލުހުން އެތަނަށް ވަން އިރު، ރަހީނުކުރި މީހާގެ ބޯ ބާލުވާފައިވާ ކަމަށާއި، އޭރު އެމީހާގެ އިނގިލި ބުރިކޮށްލަން މަސައްކަތް ކުރަމުންދިޔަ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން 12 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު، އެ 12 މީހުންގެ ބައިވެރިވުން މިކަމުގައި އޮތް ކަމަށް ބެލެވޭ ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައި ވަނީ، އެކަން ޔަގީން ކުރެވިގެން ދާނީ ތަހުގީގު ކުރިއަށްދާ މިންވަރަކުން ކަމަށެވެ.

ހިޔާ ފްލެޓް ކްރިމިނަލް ކޯޓު ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ