ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަށް އަރައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފަސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން، މި މަހުގެ 6 ވަނަ ދުވަހު އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ނޮވެމްބަރު 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.69 ފަތުރުވެރިން އައިސްފައިވެ އެވެ.

އެގޮތުން، މިދިޔަ އަހަރު އެ މުއްދަތުގައި ރާއްޖެއައި ފަތުރުވެރިންގެ އަދަދު އުޅެނީ 1.57 ގަ އެވެ. މިހާރު ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރޭޖްކޮށް 5،000 އަށްވުރެ ގިނަ ފަތުރުވެރިން އަންނަމުންދާއިރު، މިދިޔަ އަހަރާއި އަޅާބަލައިރު، އަންނަ ފަތުރުވެރިންގެ އަދަދުތައް %9.5 އިތުރެވެ.

ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 29،304 ފަތުރުވެރިން އައިސްފައިވާއިރު، މިދިޔަ އަހަރު އެ މުއްދަތުގައި އަދަދުތައް އުޅެނީ 26،988 ގަ އެވެ.

އެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ލިސްޓުގެ އެއްވަނައިގައި އޮތް ޗައިނާއިން 241،523 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގައި އޮތް ރަޝިޔާއިން 189،193 ފަތުރުވެރިން އައިސްފައިވެ އެވެ.

އެގޮތުން، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން ރާއްޖެއަށް 145،774 ފަތުރުވެރިން އައިސްފައިވާއިރު، ހަތަރުވަނައިގައި އޮތް ޖަރުމަންވިލާތުން ރާއްޖެއަށް 129،259، ފަސްވަނައިގައި އޮތް އިޓަލީވިލާތުން 116،195 އަދި ހަ ވަނައިގައި އޮތް އިންޑިއާއިން 103،438 ފަތުރުވެރިން އައިސްފައިވެ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، މިހާރުވެސް ރާއްޖޭގެ 167 ރިސޯޓެއް އޮޕަރޭޝަނަށް ގެނެސްފައިވެ އެވެ. އެއީ 41،595 އެނދެވެ. އަދި 14 ހޮޓަލަކާއި، 895 ގެސްޓަހައުސްއެއްގެ އިތުރުން، 154 ސަފާރީ ވެހިކަލް އޮޕަރޭޝަނަށް ގެނެސް ހިދުމަތް ދެމުންދެ އެވެ.

ރަޝިޔާ އިނގިރޭސި ވިލާތް އިންޑިއާ އިޓަލީ މިނިސްޓްރީ އޮފް ޓޫރިޒަމް ފަތުރުވެރިކަން ޖަރުމަންވިލާތް ޗައިނާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ