ރައީސް މުއިއްޒު، ޓްރަމްޕަށް މަރުހަބާ ވިދާޅުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅުއްވާ ޑޮނާލްޑް ޓްރަމްޕަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު، ޓްރަމްޕަށް މަރުހަބާ ދެންނެވީ އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވީ ރާއްޖެއާއި އެމެރިކާގެ ގުޅުމަކީ އިހުތިރާމާއި ހެޔޮއެދުމުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ގުޅުމެއް ކަމަށެވެ. އަދި ދެގައުމުގެ އެއްބާރުލުން ހަރުދަނާކޮށް ދެފަރާތުގެ ގޮންޖެހުންތަކަށް ހައްލެއް ހޯދާ ދުނިޔޭގެ ސުލްހައާއި ތަނަވަސްކަން ކުރިއެރުވުމަށް އެކުގައި މަސައްކަތް ކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ޑޮނަލްޑް ޓްރަމްޕް ވަނީ 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ. އެއާއެކު އޭނާ ވެގެން ގޮސްފައިވަނީ އެމެރިކާގެ 45 ވަނަ ރައީސަށެވެ. 2020 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައިވެސް ޓްރަމްޕް ވާދަ ކުރެއްވި އެވެ. ނަމަވެސް އެ އިންތިހާބު ކާމިޔާބު ކުރެއްވީ މިހާރު ރައީސް ޖޯ ބައިޑެން އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އެމެރިކާ އެމެރިކާ އެމެރިކާގެ ރައީސް ޖޯ ބައިޑަން ޓްރަމްޕް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ