ގައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓަރޕްލޭންގައި ރައްޔިތުންގެ ބައިވެރިވުން އުފަލާއިއެކީ ބަލައިގަންނަން: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ގައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓަރޕްލޭންގައި ރައްޔިތުންގެ ބައިވެރިވުން އުފަލާއިއެކީ ބަލައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިގޮތަށް ވިދާޅުވީ މިއަދު ގައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓަރޕްލޭންގެ މަޝްވަރާ ބައްދަލުވުން އިފްތިތާހުކޮށްދެއްވަމުން ނެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަަމުން ރައީސް ވިދާޅުވީ މި މާސްޓާޕްލޭންގައި ބޭރުގެ ތަޖުރިބާކާރުންގެ ލަފާ ބޭނުންކުރާނެ ކަމަށެވެ. ނަމަވެސް މިކަމުގައި އެންމެ އިސްކޮށް އުޅޭނީ ދިވެހިންކަމުގެ ޔަގީންކަން ދެއްވާފައި ވެއެވެ. އޭއައިއަކީ މިހާރު ދުނިޔޭގައި ފުޅާވެފައިވާ އެއްޗެއް ކަމަށާއި އާޓިފިޝަލް އިންޓެލިޖެންސް ގައުމެއްގެ ތަރައްގީއަށް މުހިިންމުކަން ރައީސް ފާހަގަކުރެއްވި އެވެ. އެހެންކަމުން، ޑިޖިޓަލް އިކޮނޮމީއިން މިގައުމުގެ ޖީޑީޕީގެ 15 އިންސައްތައަށް ހެދުމަށް އޭއައިގެ ރޮނގު ތަޖުރިބާކުރަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރަށްވެސް، ރައީސް ވަނީ 20 އަހަރުގެ ތަރައްގީގެ މާސްޓާޕްލޭންގައި ރާއްޖޭގެ ހުރިހާ ރަށްރަށުގެ ރައްޔިތުންގެ ބައިވެރިވުމާއި ލަފާ މިކަމުގައި ހޯދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުފުޅެއް ކަމަށް ވިދާޅުވެފަ އެވެ. އެއާއެކު، ސިޔާސީ ޕާޓީތަކުގެ ރައުޔުވެސް މި މާސްޓާޕްލޭންގައި އެކުލަވާލައްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

މިޕްލޭން ރާވާ، ފުރިހަމައަށް ތަންފީޒުކުރެވިއްޖެނަމަ، ރާއްޖެއަކީ 2040 ވަނަ އަހަރުގެ ކުރިން، ފުރިހަމައަށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ގިންތިކުރެވިގެންދާނޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަަކަފުޅަށްފަހު، ގައުމީ ތަރައްގީގެ 20 އަަހަރުގެ މާސްޓަރޕްލޭންގެ މަޝްވަރާ ބައްދަލުވުމުގެ ޕެނަލް ޑިސްކަޝަން ވަނީ ފަށާފަ އެވެ. މި ޕެނަލް ޑިސްކަޝަންގައި ބެލެނިވެރިންނާއި، މުދައްރިސުންނާއި، ދަރިވަރުންނާއި، މުޢައްސަސާތަކާއި، ސިވިލް ސޮސައިޓީއާއި، ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކާއި، އަދި އެކި ދާއިރާތަކުގެ ބައިވެރިން ހިމެނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައުމީ ތަރައްގީގެ 20 އަަހަރުގެ މާސްޓަރޕްލޭން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ