ތިންވަނަ ކުއާޓާގައި ދިރާގަށް 691 މިލިއަން ރުފިޔާ

Advertisement

އެންމެ ފަސް

Advertisement

މިއަހަރުގެ ތިންވަނަ ކުއާޓާގައި ދިރާގަށް 691 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުން އާންމު ކުރި މާލީ ބަޔާނުގައިވާ ގޮތުން ތިންވަނަ ކުއާޓާގައި އެ ކުންފުންޏަށް 691 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު އެއީ މިއަހަރުގެ ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ލިބުނު 687 މިލިއަން ރުފިޔާއަށް ވުރެ 0.58 އިންސަތަ އިތުރުވުމެކެވެ.

ދިރާގަށް އެންމެ ބޮޑު އާމްދަނީއެއް ތިންވަނަ ކުއާޓާގައި ލިބިފައިވަނީ އެ ކުންފުނީގެ މޯބައިލް ހިދުމަތްތަކުންނެވެ. މޯބައިލް ހިދުމަތްތަކުން އެ ކުންފުންޏަށް 363 މިލިއަން ރުފިޔާ ލިބިފައިވާއިރު ފިކްސްޑް ބްރޯޑްބޭންޑް އަދި އެންޓަޕްރައިސް ހިދުމަތްތަކުން އެ ކުންފުންޏަށް ލިބުނީ 307 މިލިއަން ރުފިޔާ އެވެ. އަދި އެހެނިހެން ހިދުމަތްތަކުން އެ ކުންފުންޏަށް ލިބުނީ 21 މިލިއަން ރުފިޔާ އެވެ.

ދިރާގަށް ތިންވަނަ ކުއާޓާގައި ފައިދާގެ ގޮތުގައި ލިބިފައިވަނީ 282 މިލިއަން ރުފިޔާ  އެވެ. މިއީ ޓެކްސްއަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް ލިބުނު ފައިދާ އެވެ. ޓެކްސްއަށް 40 މިލިއަން ރުފިޔާ ކެނޑުމަށްފަހު އެ ކުންފުންޏަށް ލިބިފައިވަނީ 241 މިލިއަން ރުފިޔާގެ ފައިދާއެކެވެެ.

ދިރާގު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ