ޑިފެންސް މިނިސްޓަރު ރަޝިޔާ ސަފީރާއި ބައްދަލު ކުރަށްވައިފި

Advertisement

އެންމެ ފަސް

Advertisement

މިނިސްޓަރު އޮފް ޑިފެންސް މުހައްމަދު ޣައްސާން މައުމޫން ރަޝިޔާއިން ރާއްޖެއައް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެވާން ޖަގަރިއަންއާ ބައްދަލުކުރައްވައިފި އެވެ.

މިކަން ހާމަކޮށްފައި ވަނީ، މިއަދު ޑިފެންސް މިނިސްޓްރީ އިން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ބުނެފައި ވަނީ، ޑިފެންސް މިނިސްޓަރާއި ރަޝިޔާއިން ރާއްޖެއައް ކަނޑައަޅުއްވާފައި ހުނަވާ ސަފީރާއި ދެބޭފުޅުން މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވާފައިވާ ކަމަށެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ބޮޑަށް އަލިއަޅުވާލާފައި ވަނީ ދެގައުމުގެ ދެގައުމުގެ ޒަމާންވީ ގުޅުންތަކާއި ދެގައުމުގެ ދެމެދުގައި ކަންބޮޑުވާ ކަންކަމުގެ މައްޗަށް ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އެހެންނަމަވެސް، މި މަޝްވަރާ ބައްދަލުވުމާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް މިނިސްޓްރީއިން ހާމަކޮސްފައެއްނުވެ އެވެ.

ރަޝިޔާ ރާއްޖެ - ރަޝިޔާ މިނިސްޓްރީ އޮފް ޑިފެންސް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ