އަންނަ އަހަރު ދިވެހި އަސްކަރިއްޔާއަށް 2.8 ބިލިއަންގެ ބަޖެޓެއް

Advertisement

އެންމެ ފަސް

Advertisement

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ދިވެހި އަސްކަރީ ޚިދުމަތްތަކަށް 2.8 ބިލިއަން ރުފިޔާ ހަމަޖައްސައިފި އެވެ.

2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ ބްރާސްފަތި ދުވަހު އެވެ.

އެގޮތުން ބަޖެޓްގައި އަސްކަރީ ދިފާއުގެ ކަންކަމަށް ވަނީ 2,807,032,561 ރުފިޔާ ޚާއްސަ ކޮށްފަ އެވެ. މި ހިނގާ 2025 ވަނަ އަހަރު އެ އަދަދު ހުރީ 2.3 ބިލިއަން ރުފިޔާގަ އެވެ. އަދި 2024 ވަނަ އަހަރު އެ އަދަދު ހުރީ 2.4 ބިލިއަން ރުފިޔާގަ އެވެ.

އެހެންކަމުން އަންނަ އަހަރުގެ ބަޖެޓްގައި އަސްކަރީ ހިދުމަތަށް ހާއްސަކޮށްފައިވާ އަދަދަކީ މި ހިނގާ އަހަރާއި މިދިޔަ އަހަރަށް ވުރެ ބޮޑު އަދަދެކެވެ.

މީގެއިތުރުން އަންނަ އަހަރު ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރަށް ހާއްސަ ކޮށްފައިވާ ބަޖެޓްގެ ތެރެއިން އެގްޒެކެޓިވް އަދި އިދާރީ ހިދުމަތްތައް 377.9 މިލިއަން ރުފިޔާ ހާއްސަ ކޮށްފައިވާއިރު، ކޮމްބެޓް އެންޑް މެނޫވަރ ފޯސަސްއަށް 910.2 މިލިއަން ރުފިޔާ ވަނީ ހާއްސަކޮށްފަ އެވެ. 

ލޮޖިސްޓިކް ސަޕޯޓް ހިދުމަތްތައް ދިނުމަށް 1.45 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވާއިރު، ފަންކްޝަނަލް ކޮމާންޑްސްއަށް ދެ މިލިއަން ރުފިޔާ އަދި ކޮމްބެޓަންޓް ކޮމާންޑްސްއަށް 78.7 މިލިއަން ރުފިޔާ ހާއްސަކޮށްފައިވެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ދިފާއީ ކަންތައްތައް ބެލެހެއްޓުމަށް 247.46 މިލިއަން ރުފިޔާ ޚާއްސަކޮށްފައިވެ އެވެ. ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރޭގައި މި އަދަދު ހިިމާނާފައިވާއިރު، މިއީ މި ހިނގާ އަހަރާއި މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. މި ހިނގާ 2025 ވަނަ އަހަރު ދިފާއީ ކަންތައްތައް ބެލެހެއްޓުމަށް ހާއްސަކޮށްފައިވަނީ 85.6 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު މިކަމަށް ހާއްސަކޮށްފައިވަނީ 15.7 މިލިއަން ރުފިޔާ އެވެ.

އެމްއެންޑީއެފް މިނިސްޓްރީ އޮފް ޑިފެންސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ