ޗައިނާގެ އެހީގައި ވިލިމާލޭގައި އަޅާ ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރު ފަށަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ވިލިމާލޭގައި އެޅުމަށް ނިންމާފައިވާ 100 އެނދުގެ އާ ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރު ފެށޭނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއްތަލިބު މިހެން ވިދާޅުވީ އެ ހޮސްޕިޓަލްގެ ފީސިބިލިޓީ ސްޓޭޖް ނިމި ޓެންޑަރިން މަރުހަލާއަށް ދިއުމަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ވިލިމާލެ އާ ހޮސްޕިޓަލަކީ ޗައިނާގެ އެހީގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލެކެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު މުއްތަލިބެވެ. ޗައިނާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޒިން އެވެ.

މިނިސްޓަރު މުއްތަލިބް ވިދާޅުވީ ފީސިބިލިޓީ ސްޓަޑީ ހެދުމަށްޓަކައި ޗައިނާގެ ޓީމެއް ދެ ފަހަރެއްގެ މަތިން ރާއްޖެއަށް ޒިޔާރަތް ކުރި ކަމަށެވެ. އެގޮތުން ޖުލައި 10، 2024 އިން ޖުލައި 17، 2024 އަށް އެއް ދަތުރުކޮށްފައިވާ ކަމަށާއި ޖުލައި 31، 2024 އިން އޮގަސްޓް 16، 2024 އަށް ދެވަނަ ދަތުރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޗައިނާއިން ފީސިބިލިޓީ ސްޓަޑީ ހެދުމަށް ކުރި ދަތުރުތަކުގައި ވިލިމާލެ ހޮސްޕިޓަލް އެޅުމަށް ނިންމާފައިވާ ސަރަހައްދު ބަލާ، އައިޖީއެމްއެޗްއާއި ހުޅުމާލެ ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް ޒިޔާރަތްކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވިލިމާލެ އާ ހޮސްޕިޓަލަށް ބޭނުންވާ ސާމާނު ކަނޑައެޅުމަށް އައިޖީއެމްއެޗާއި ހެލްތް މިނިސްޓަރީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ބައްދަލުވުންތަކުން އެ ހޮސްޕިޓަލުގައި ހުންނާނެ އިކުއިޕްމެންޓް ލިސްޓް ކަނޑައެޅި އެތަނުން ލިބޭނެ ހިދުމަތްތައްވެސް ކަނޑައެޅިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުރިއަށް އޮތީ މި މަޝްރޫގެ ޑިޒައިން އަދި ޓެންޑަރިން ސްޓޭޖް ކަމަށާއި އެ މަސައްކަތަށް 6 މަސް ނަގާނެކަމަށް ބެލެވޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ޑައިޒައިންގެ މަސައްކަތް ނިންމާ ޗައިނާއިން ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް 6 މަސް ތެރޭގައި ނިންމޭނެކަމަށް މުއްތަލިބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަޝްރޫގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ މެދު ތެރޭގައި ފެށޭނެ ކަމަށެވެ. އަދި ދެ އަހަރު ތެރޭގައި މި މަޝްރޫ ނިންމާލެވޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ - ޗައިނާ އައިޖީއެމްއެޗް ވިލިމާލެ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ހެލްތް ޗައިނާ ޗައިނާ ސަފީރު ވަން ލިޒިން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ