ވަޒީރުކަން ބަދަލުކުރެވުނު ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
މަޖިލީހުގެ އިދާރާއިން އިއްޔެ ނެރުނު އެޖެންޑާގައިވާ ގޮތުން، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި މި މައްސަލަ ހިމެނިފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:
1. ޑރ. އަބްދުﷲ ޚަލީލް ހެލްތު މިނިސްޓަރުކަމުން ފޮރިން މިނިސްޓަރުކަމަށް
2. މޫސާ ޒަމީރު ފޮރިން މިނިސްޓަރުކަމުން ފިނޭންސް މިނިސްޓަރުކަމަށް
3. އަބްދުﷲ ނާޒިމް ރައީސް އޮފީހުގެ މިނިސްޓަރުކަމުން ހެލްތު މިނިސްޓަރުކަމަށް
މީގެ އިތުރުން، މާދަމާގެ ޖަލްސާގެ އެޖެންޑާގައި ރާއްޖެއިން އިންޑިއާއަށް ސަފީރަކު ކަނޑައެޅުމުގެ މައްސަލަލަވެސް ހިމެނިފައިވެއެވެ. އަދި އިލެކްޝަން ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމުގެ މައްސަލައާއި، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގައި ރާއްޖެއިން ބައިވެރިވުމާމެދު ގޮތެއް ނިންމުމާ ގުޅޭ މައްސަލަތައް ކޮމިޓީއަށް ފޮނުވުމާމެދު ގޮތެއް ނިންމުންވެސް އެޖެންޑާގައި ހިމެނިފައިވެއެވެ.
މާދަމާގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ގައި ކަމަށް މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ރައްޔިތުންގެ މަޖިލިސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް