ސިވިލް ސަރވިސް، ޖުޑިޝަރީ އަދި ކައުންސިލް މުވައްޒިފުންގެ މުސާރަ ނޮވެމްބަރުން ފެށިގެން ބޮޑުވާނެ: ރައީސް

Advertisement

އެންމެ ފަސް

Advertisement

ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރުގެ ނޮވެމްބަރު 1 އިން ފެށިގެން ބޮޑުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވި ގޮތުގައި، މިއީ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމާފައިވާ ނިންމުމެކެވެ. މިކަން މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ފާހަގަކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މިކަމަށް ބޭނުންވާ ބަޖެޓް ހަމަޖެއްސުމަށްޓަކައި މިއަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މި ފައިސާ ކަނޑައެޅިފައިވަނީ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް ޕޭ ހާމަނައިޒް ނުކުރާ ހުރިހާ މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލުގެނެސް އެއްހަމަ ކުރުމަށެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މިއަހަރު މުސާރަ ބޮޑު ނުވާ އެހެން ހުރިހާ މުއައްސަސާތަކެއްގެ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ އެވެ. މިހާތަނަށް ސަރުކާރުން ވަނީ ޓީޗަރުންނާއި ލެކްޗަރާސް އާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ އިތުރުން ފުލުހުންނާއި ސިފައިންގެ މުސާރަތައް ބޮޑުކޮށްފަ އެވެ.

ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި، އެކަން ފުއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވަނީ ރިޔާސީ ބަޔާނުގައިވެސް ފާހަގަކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ