އެސެޓް ރިކަވަރީ ބިލު ފާސްވާ ދުވަހު ތަސްދީގުކޮށް، މުދާތައް ނަގަން ފަށާނަން: ރައީސް މުއިއްޒު

Advertisement

އެންމެ ފަސް

Advertisement

ނުހައްގުން ހޯދާފައިވާ ދައުލަތުގެ މުދާ ދައުލަތަށް އަނބުރާ ނެގޭ ގޮތަށް އެކުލަވާލާ އެސެޓް ރިކަވަރީ ބިލު ތަސްދީގުކޮށް އެފަދަ މުދާތައް ހޯދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްތަކަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ތ. ތިމަރަފުށި ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގައި ސަރުކާރުން ހުށަހަޅުއްވާ އެސެޓް ރިކަވަރީ ބިލު މަޖިލީހުން ފާސްކޮށް ތަސްދީޤުކުރެއްވުމަށް ފޮނުއްވާ ދުވަހު އެ ބިލު ތަސްދީޤުކުރައްވާނެ ކަމަށެވެ. އަދި އެ ބިލު ޤާނޫނަކަށް ވުމާއެކު، ކުރީގައި ބޮޑެތި ވައްކަންތައް ކޮށްފައިވާ އެންމެހާ ފަރާތްތަކުގެ ފަހަތުން ސަރުކާރުގެ އިދާރާތަކުން ވަރަށް ބާރަށް ދާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެސެޓް ރިކަވަރީ ބިލު ހުށަހެޅުއްވުމުގެ މައިގަނޑު މަޤްޞަދަކީ، މީގެ ކުރިން ޤައުމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބެލުމަށްފަހު، އެ ވައްކަންތަކުގައި ޝާމިލުވާ ފަރާތްތަކުގެ އަތުން ބަދަލު ނެގޭނެ ގޮތެއް ނެތުމުން، އެކަން ބަދަލުކުރެއްވުން ކަމުގަ އެވެ.

ކޮރަޕްޝަން ނައްތާލުމަށް އެމަނިކުފާނުގެ ސަރުކާރުން ވަނީ ވަރަށް ވަރުގަދައަށް ތައްޔާރުވެފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

”މޯލްޑިވްސް 2.0 ގެ ޑިޖިޓައިޒޭޝަން މަޝްރޫޢަކީވެސް ކޮރަޕްޝަން ނައްތާލުމުގެ ބޭނުމުގައި ނިޒާމަށް ގެންނަ ބޮޑު ބަދަލެއް،“ ރައީސް ވިދާޅުވި އެވެ.

ޖުޑިޝަރީއާއި މިނިވަން މުއައްސަސާތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެކަމުގެ ޔަޤީންކަން ދެއްވައި، އެ މުއައްސަސާތަކުގެ ޒިންމާތައް އަދާކުރުމަށް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މި ދަނޑިވަޅަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ތެރެއިން 2.2 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން ހާމަވެފައިވާ ދަނޑިވަޅަކަށް ވާއިރު، ރައީސް މުއިއްޒު ވަނީ މިއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި، މި މައްސަލައިގައި ދިވެހި ފުލުހުންގެ އިދާރާއިން ކުރަންޖެހޭ ތަޙުޤީޤުތައް ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް ކޮރަޕްޝަން އެސެޓް ރިކަވަރީ ބިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ