ޕޮލިޓެކްނިކް ގައްދޫ ކެމްޕަސް ތަރައްގީކުރުމާއި ގުޅޭ މަޝްވަރާތައް ބާވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ގދ. ގައްދޫގައި ގާއިމްކޮށްފައިވާ ޕޮލިޓެކްނިކްގެ ކެމްޕަސް ތަރައްޤިކޮށް އެތަނުގެ ހިދުމަތްތައް ފުޅާކުރުމާއި ގުޅޭގޮތުން އެރަށު ކައުންސިލާއިއެކު މަތީ ތައުލީމާއި ބެހޭ ވުޒާރާއިން މަޝްވަރާތައް ކޮށްފި އެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާއި ބޭހޭ ވުޒާރާގެ ޓީމުން ގދ. ގައްދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގަ އެވެ.

މި ބައްދަލުވުމުގައި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ. އަޙްމަދު ޝަފީޤް، ޕޮލިޓެކްނިކްގެ ސީއީއޯ ޛޫޝާން ކަމާލުއްދީން އަދި އެމްއެންއެސްޑީއޭގެ ސީއީއޯ ޑރ. ޒަޙްރާ މުޙައްމަދުގެ އިތުރުން ވުޒާރާގެ އެހެން އިސްބޭފުޅުން ބައިވެރިވި އެވެ. އަދި ގދ. ގައްދޫ ކައުންސިލް އާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިން ވަނީ ބައިވެރިވެފަ އެވެ.

މި ބައްދަލުވުމުގައި ގައްދޫ ކެމްޕަސް ތަރައްގީ ކުރުމުގައި އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކުރާ ކޮމެޓީން މި ވުޒާރާއާއިި ގުޅިގެން ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައި ވެެއެވެ. އަދި އެފަރާތްތަކުގެ ބައިވެރިވުމާއި އެކު ކުރިޔަށް ގެންދެވިދާނެ ޕްރޮގްރާމްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެ އެވެ.

މީގެ އިތުރުން ރަށުގެ ރައްޔިތުންގެ މިކެމްޕަހާއިމެދު ކުރާ އުންމީދުތަކާއި، އެފަރާތްތަކުން މިކެމްޕަސް ތަރައްގީ ކުރުމަށް ވެދެއްވެން އެހީތެރިކަމާއި ބައިވެރިވުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ޕޮލިޓެކްނިކް ގައްދޫ ކެމްޕަސް ތަރައްގީ ކުރުމަށް މިނިސްޓްރީއާއި ޕޮލިޓެކްނިކްގެ ވިސްނުން ހުރިގޮތްތައްވެސް މިބައްދަލުވުމުގައި މަޝްވަރާ ކޮށްފައި ވެއެވެ.

އަތޮޅުތަކުގައި ތިބެގެން ތައުލީމް އުނގެނުމުގެ ފުރުސަތު ތަނަވަސް ކުރުމަށްޓަކައި އަތޮޅުތަކުގައި ކެމްޕަސް ގާއިމްކޮށް އެ ކެމްޕަސްތަކުން ރަށުންބޭރުން އަންނަ ދަރިވަރުންނަށް އާއިލާ އާއިއެކު ތިބެ ކިޔެވުމުގެ ފުރުސަތު ފަހިކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

މޯލްޑިވްސް ޕޮލިޓެކްނިކް ގައްދޫ ކައުންސިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ