އާޓްސް އެންޑް ކަލްޗަރ ސެންޓަރެއް ޤާއިމްކުރުމަށް ބީސީސީއާއި ޕޮލިޓެކްނިކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

Advertisement

އެންމެ ފަސް

Advertisement

އާޓްސް އެންޑް ކަލްޗަރ ޤާއިމުކުރުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި މޯލްޑިވްސް ޕޮލިޓެކްނިކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ސްޓްރެޓެޖިކް އޮފިސަރ މަރިޔަމް ނަޝާ އެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ޒޫޝާން ކަމާލުއްދީނެވެ.

މި އެއްބަސްވުމުގެ ދަށުން ޤާއިމްކުރާ ”އާޓްސް އެންޑް ކަލްޗަރ ސެންޓަރ“ އެކަށީގެންވާ ގޮތެއްގައި ބޭނުންކުރުމާއި، ހިންގުމާއި ބެލެހެއްޓުމާ ގުޅޭ ހުރިހާ ކަމެއްގައި ބީސީސީއާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން މަސައްކަތް ކުރާނެ އެވެ. އަދި މި ސެންޓަރުގެ ވަޞީލަތްތައް ބޭނުންވާ ފަރާތްތަކަށް ދޫކުރުމާ ގުޅޭ އިންތިޒާމުތައް ހަމަޖައްސައި ހިންގުންވެސް މީގެތެރޭގައި ހިމެނެ އެވެ.

ޢިލްމީ ވަޞީލަތްތަކާއި، ފަންނީ ލަފަޔާއި، ތަން ހިންގުމަށް ބޭނުންވާ ލޮޖިސްޓިކަލް ގޮތުން އެއްބާރުލުން ދިނުމުގެ އިތުރުންވެސް ތަނުގެ ޚިދުމަތާއި ވަޞީލަތްތައް ބޭނުންކުރާ ފަރާތްތަކަށް ޢިލްމީ ޤާބިލުކަން އިތުރު ކުރެވޭނެފަދަ ގޮތަކަށް ކަންކަން އިންތިޒާމުކޮށް ހިންގުންވެސް ހިމެނޭކަމަށް ބީސީސީން ވަނީ ފާހަގަކޮށްފަ އެވެ.

ބީސީސީއާއި ޕޮލިޓެކްނިކް ގުޅިގެން އާޓްސް އެންޑް ކަލްޗަރ ސެންޓަރ އިޝްތިހާރުކޮށް، ރާއްޖޭގެ ވިޔަފާރިވެރިންނަށާއި، އިޖުތިމާޢީ ގޮތުން ޙަރަކާތްތެރިވާ ޖަމާޢަތްތަކަށާއި، އެނޫންވެސް ކަމާބެހޭ އެންމެހާ ފަރާތްތަކަށް އެތަނާބެހޭ މަޢުލޫމާތު ފޯރުކޮށްދީ ހެދުމަށް ތަފާތު ޙަރަކާތްތައް ހިންގުމަށްވެސް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވާނެކަން ބީސީސީން ފާހަގަކުރައްވަ އެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝް މޯލްޑިވްސް ޕޮލިޓެކްނިކް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ