ޕޮލިޓެކްނިކްގެ ތަމްރީނުތަކެއް ދިއްދޫ ކައުންސިލާއި ގުޅިގެން ފަށަނީ

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވިސް ޕޮލިޓެކްނިކްގެ ފަރާތުން ހއ.ދިއްދޫ ކައުންސިލާއި ގުޅިގެން އެރަށުގައި ރެފްރިޖޭޝަން އެންޑް އެއަރ ކޮންޑިޝަން އަދި ފެޝަން ޑިޒައިން އެންޑް ޓެއިލަރިންގ ކޯސް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

ޕޮލިޓެކްނިކްއަކީ ދިވެހިރާއްޖެއަށް ބޭނުންވާ ތަފާތު އެކި މަސައްކަތްތެރިކަމުގެ ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް އެތަށް ކޯސްތަކެއް ފަރުމާކޮށް، ހިންގަމުން އަންނަ އެއް ކުންފުންޔެވެ. އަދި ހަމަ އެހެންމެ މަސައްކަތްތެރިކަމުގެ ދާއިރާތަކުން ތަމްރީނުވާ ދިވެހި ޒުވާނުންގެ އަދަދު އިތުރުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.

އެގޮތުން އެއްވެސް ފީ އަކާއި ނުލާ ކަރަންޓު މަސައްކަތްތަކާއި ވަޑާންކުރުމާއި، ކޭކް ޑިޒައިނިންގ ފަދަ ދާއިރާތަކުން ތަމްރީނުވުމުގެ ފުރުޞަތު ޕޮލިޓެކްނިކުން ވަނީ ހުޅުވާލައިފަ އެވެ. މީގެއިތުރުން ޕޮލިޓެކްނިކް މެދުވެރިކޮށް އަތޮޅު ތެރޭގައި މަތީ ތަޢުލީމު ފުޅާކުރުމަށް، އެކި ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާ ޖަމާޢަތްތަކާއި ގުޅިގެން ތަފާތު ތަމްރީނު ޕްރޮގްރާމްތަށް ވަނީ ފަށައިފަ އެވެ.

ހއ. ދިއްދޫ މޯލްޑިވްސް ޕޮލިޓެކްނިކް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ