އަންނަ އަހަރު ގައުމީ ފެންވަރުގެ ދިވެހި ބޭސްވެރިކަމުގެ ކޯސްތައް ފަށަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހި ބޭސްވެރިކަމުގެ ކޯސްތައް އަންނަ އަހަރު ފެށުމަށް މޮލްޑިވްސް ޕޮލިޓެކްނިކުން ތައްޔާރުވެމުން އަންނަކަމަށް އެ އިދާރާގެ ސީއީއޯ ޛޫޝާން ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޕޮލިޓެކްނިކުން ގއ. ވިލިގިއްޔަށާއި ގދ. ގައްދޫއަށް ދާދިފަހުން ކުރި ދަތުރަށްފަހު، އެ އިންސްޓިޓިއުޓްގެ ސީއީއޯ ޛޫޝާން ކަމާލުއްދީން ވިދާޅުވީ މި ދަތުރަކީ ކާމިޔާބު ދަތުރުރެއް ކަމަށެވެ. އަދި މިގޮތަށް އަތޮޅުތަކަށް ކުރެވޭ ދަތުރުތަކުން ރަށްރަށުގެ މީހުން ތަމްރީންވާން ޑިމާންޑް ހުރި ދާއިރާތަކާއި، ރާއްޖެއަށް އިންސާނީ ވަސީލަތްތައް ބޭނުންވާ ދާއިރާތައް ދެނެގަތުމަސް ފަސޭހަވެގެން ދާކަމަށާ، އައު ކޯސްތައް ފެށުމަށް ބޭނުންވާ މައުލޫމާތާއި ފަންނުވެރިން ހޯދުމަށްވެސް ފަސޭހަވެގެންދާ ކަމަށެވެ.

މި ޒިޔާރަތުގައި މޯލްޑިވިސް ނެޝަނަލް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގެ ސީއީއޯ، ޑރ. ޒަހްރާ މުޙައްމަދު ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ޕޮލިޓެކްނިކްގެ ދެ ކެމްޕަސް ކަމަށްވާ، ގދ. ގައްދޫ އަދި ގއ. ވިލިނގިލި ކެންޕަސްއަށް ޒިޔާރަތްކޮށް، އެ ދެ ކެމްޕަހުގައި އެކި ދާއިރާތަކުގެ ކޯސްތަށް ހިންގުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަމާމެދު މަޝްވަރާކޮށްފައި ވެއެވެ. އެގޮތުން، ގއ. ވިލިނގިލީ ކައުންސިލާއި އެ ރަށުގެ އެކި ބޭފުޅުންގެ ފަރާތުން ވަނީ ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން ތަމްރީނުވުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެދިފަ އެވެ.

ނެތެމުންދާ ފަންނުތައްް ދިރުވާ އާލާކުރުމަކީ މޯލްޑިވިސް ޕޮލިޓެކްނިކްގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ހިމެނޭކަމެއްކަން ފާހަގަ ކުރައްވާ ޛޫޝާން ވިދާޅުވީ މި ދަތުރުގެ ތެރެއިން ރާއްޖެއިން ނެތިގޮސްދާނެކަމުގެ ބިރު އޮތް، ދިވެހި ބޭސްވެރިކަމުގެ ފަންނުވެރިންނާއި ދިމާވެ، އެބޭފުޅުންނާއި ގުޅިގެން އެ ދާއިރާއިން ކޯސްތައް ފެށުމާއި ގުޅޭގޮތުން މަޝްވަރާ ކުވެރިފައިވާ ކަމަށެވެ. އަދި އަމާޒަކީ އަންނަ އަހަރު އެކޯސްތައް ފެށޭވަރުކުރުން ކަމަށް ވިދާޅުވި އެވެ.

ނެތެމުންދާ ފަންނުތަށް ދިރުވާ އާލާކުރުމަކީ މޯލްޑިވިސް ޕޮލިޓެކްނިކްގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ހިމެނޭކަމެއް. މި މަޤްސަދު ކާމިޔާބުކުރުމަށް އަމާޒުކޮށް، ޕޮލިޓެކްނިކް އިން ވަނީ އެމްއެންއެސްޑީއޭ އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ އެއްބާރުލުމާއެކު މުޅިން އައު 5 ކޯހެއް ތަޢާރަފްކުރުމަށް ކަނޑައަޅާފަ. އެގޮތުން، ޕޮލިޓެކްނިކުން މި އަންނަނީ 2025 ވަނަ އަހަރު ތެރޭގައި، ޕޮލިޓެކްނިކްގެ ގއ.ވިލިނގިލި ކެމްޕަސްގައި، ދިވެހި ބޭސްވެރިކަމާއި ގުޅޭ ޤައުމީ ފެންވަރުގެ ކޯހެއް ތައާރަފްކުރުމުގެ މަސައްކަތްތަށް ފަށުމަށް ތައްޔާރުވަމުން.

މޯލްޑިވިސް ޕޮލިޓެކްނިކް އަންނަނީ ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ރަށްރަށުގައި ތިބެގެން ތައުލީމް އުގެނުމުގެ ފުރުސަތު ފަހިކުރުމާއި ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް މާލެ އާއި އަތޮޅުތަކުގައި ކޯސްތައް ރާވާ، ހިންގަމުން ނެވެ.

މޯލްޑިވްސް ޕޮލިޓެކްނިކް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ