އެކި ދާއިރާތަކުން ގަމުގައި އިވެންސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފި

Advertisement

އެންމެ ފަސް

Advertisement

ގައްދޫގެ އިޚްތިޞާޞްގެ ގޮތުގައި ހިމެނޭ ފަޅު ރަށެއް ކަމުގައިވާ ގދ. ގަމުގައި އެކި ދާއިރާތަކުން މަޝްރޫޢުތައް ތަރައްޤީކޮށް ހިންގުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

ގައްދޫ ކައުންސިލުން ހާމަކުރި ގޮތުގައި، މި މަޝްރޫޢުތަކުގެ ތެރޭގައި ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ޕްރޮޑަކްޝަން އަދި މެނުފެކްޗަރިންގގެ އިތުރުން ރިސާޗް ދާއިރާއާ ގުޅުންހުރި މަޝްރޫޢުތައް ހިމެނެ އެވެ. އަދި ޝޯޓްލިސްޓް ކުރެވޭ އެންމެ ރަނގަޅު ހުށަހެޅުންތައް ހުށަހަޅާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ދެވޭނެ ކަމަށް ވެސް ކައުންސިލުން ވަނީ ހާމަކޮށްފަ އެވެ.

މި ފުރުސަތު ހުޅުވާލުމާ ގުޅިގެން، ގަމުގައި އިޤްތިޞާދީ އެކި ދާއިރާތަކުން އިންވެސްޓްމަންޓް ފުރުސަތުތައް އިތުރުވެ، ރަށުގެ ތަރައްޤީއަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ. އަދި މީގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އިޤްތިޞާދީ ގޮތުން ރަށަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ވެސް ލަފާކުރެވެ އެވެ.

މި މަޝްރޫޢުތަކުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2025 އެޕްރީލް 30 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކައުންސިލަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

ގދ. ގައްދޫ ގައްދޫ ކައުންސިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ