ރާއްޖެ އާއިއެކު ގުޅުން ބަދަހިކުރަން ބޭނުން: ޖަޕާން ބޮޑުވަޒީރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއާ އެކު ގުޅުން ބަދަހިކުރަން ބޭނުންވާ ކަމަށް ޖަޕާންގެ ބޮޑުވަޒީރު ޝިގެރޫ އިޝިބާ މިއަދު ވިދާޅުވެއްޖެ އެވެ.

ޝިގެރޫ މިހެން ވިދާޅުވީ، އެމަނިކުފާނު މަގާމަށް ހޮވިވަޑާއިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ތަހުނިޔާ މެސެޖަށް ޖަވާބުދެއްވަމުންނެވެ.

ޖަޕާންގެ އާ ބޮޑުވަޒީރު ޝިގެރޫ އިޝިބާ ވަނީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ މެސެޖަކުރެއްވުން ރައީސް ޑރ. މުއިއްޒަށް ޝުކުރު އަދާކުރައްވާފަ އެވެ.

”ފްރީ އެންޑް އޯޕަން އިންޑޯ ޕެސިފިކް“ އެއް ހަގީގަތަކަށް ހެދުމަށްޓަކައި، ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް ގުޅިގެން މަސައްކަތް ކުރާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ޖަޕާނުގެ ބޮޑުވަޒީރު ވިދާޅުވެފައިވެ އެވެ.

ޖަޕާންގެ ބޮޑުވަޒީރު ކަމަށް ޝިގެރޫ އިޝިބާ އައްޔަން ކުރެއްވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޯބަރު 1 ވަނަ ދުވަހު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

އެގޮތުން، ރައީސް ފޮނުއްވި ސިޓީފުޅުގައި ޖަޕާންގެ ބޮޑުވަޒީރުގެ މަސައްކަތްޕުޅަށް ކާމިޔާބީއަށް އެދިވަޑައިގެން، އެމަނިކުފާނުގެ ޒައާމަތުގައި ޖަޕާނަށް އިތުރު ކުރިއެރުންތައް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައިވެ އެވެ.

މީގެއިތުރުން، ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޖަޕާނުގެ ސަރުކާރާއެކު މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައިވެ އެވެ. އަދި ޖަޕާނަކީ އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ ތަރައްގީއަށް އަބަދުވެސް، ގިނަގުނަ އެހީތައް ވެދެއްވާ ގައުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެ އެވެ.

 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ޖަޕާން ޖަޕާންގެ ބޮޑުވަޒީރު ޝިގެރޫ އިޝިބާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ