ލަކުޑި ފެރީތައް އޮޕަރޭޓް ކުރުމުގައި ދިމާވާ މައްސަލަތަކާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

Advertisement

އެންމެ ފަސް

Advertisement

އެއްރަށުން އަނެއްރަށަށް މީހުން ދަތުރުކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދާ ލަކުޑި ފެރީތައް އޮޕަރޭޓް ކުރުމުގައި ދިމާވާ ކަންކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އިން މިކަން ހާމަކޮށްފައި ވަނީ، ރައީސް އޮފީހުގެ ’ސަރުކާރު‘ ވެބްސައިޓުގައި ޝާއިރުކުރެއްވި ހަބަރެއްގަ އެވެ.

މި ބައްދަލުވުމުގައި ލަކުޑި ފެރީތަކުން ގެންދާ މުދާތައް ގެންދިއުމުގައި ހުރި ދަތިތަކާއި މި ފެރީތައް އޮޕަރޭޓް ކުރުމުގައި ހަރުދަނާ ކުރުމަށް ހުރި ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންނާއި އެލްޖީއޭ އަދި އެމްޓީސީސީގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ލަކުޑި ފެރީތަކުގެ ހިދުމަތް އިތުރަށް ރަނގަޅުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވެސްވަނީ މަޝްވަރާ ކުރަށްވާފަ އެވެ.

ލަކުޑި ފެރީތަކަކީ ރާއްޖޭގެ ގިނަ ރަށްތަކަށް ވަރަށް މުހިންމު ޚިދުމަތެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ އެ މިނިސްޓްރީއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މި ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ކަމަށާއި، މި މައްސަލަތަކަށް އަވަސް ޙައްލެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކާއިއެކު ޓްރާންސްޕޯޓް މިނިސްޓްރީއިން ގެންދަނީ މަސައްކަތްކުރަށްވަމުންނެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ