ސަރުކާރުން ވަކިކުރި އެމްޑީއޭގެ 15 މީހަކަށް އަލުން ވަޒީފާދީފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލެޔަންސް (އެމްޑީއޭ) އަށް ނިސްބަތްވާ 15 މީހުން، ސަރުކާރުގެ ވަޒީފާތަކުން ވަކިކުރުމަށްފަހު، އަލުން ވަޒީފާ ދީފި އެވެ.

”ޖަވިޔަނި“ އަށް މައުލޫމާތުދެއްވަމުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ މީގެ ގާތްގަނޑަކަށް ދެ ހަފްތާ ކުރިން އެ ޕާޓީއަށް ނިސްބަތްވާ 19 މެންބަރުންނެއް ސަރުކާރުގެ އިސް މަގާމުތަކުން ވަކިކޮށްފައިވާ ކަމުގެ ސިޓީ ރައީސް އޮފީހުން ފޮނުވާފައިވާ ކަމަށެވެ. މި ސިޓީ ފޮނުވާފައިވަނީ ސަރުކާރުގެ މިނިސްޓްރީތަކުގައި މަސައްކަތްކުރައްވާ ޑެޕިއުޓީ މިނިސްޓަރު، ސްޓޭޓް މިނިސްޓަރު، ސީނިއާ ޕޮލިޓިކަލް ޑިރެކްޓާ (އެސްޕީޑީ)، ޕޮލިޓިކަލް ޑިރެކްޓާ (ޕީޑީ) ކަން ކުރައްވަމުންގެންދެވި ސިޔާސީ މުވައްޒަފުންނަށް ކަމުގައި އައްބާސް މައުލޫމާތު ދެއްވި އެވެ.

އެމްޑީއޭގެ ނައިބު ރައީސް ކަންވެސް ކުރައްވަމުންގެންދަވާ އައްބާސް ވިދާޅުވީ އެ 19 މެންބަރުންގެ ތެރެއިން 3 މެންބަރުން ފިޔަވާ ދެން ތިއްބެވި އެންމެންނަށް އަލުން ވަޒީފާ ދީފައިވާ ކަމަށެވެ. އެ ދުވަހު ސިޓީ ލިބުނު އެއް ޑެޕިއުޓީ މިނިސްޓަރެއް ވަނީ މަގާމަށް އަލުން ދާން ޝައުގުވެރިނުވާ ކަމަށް ވިދާޅުވެފަ އެވެ. އެއީ އައްބާސްގެ ދަރިކަލުން އަހްމަދު މާއިޝް އެވެ. މާއިޝް އަދާކުރައްވަމުން ގެންދެވީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމެވެ.

އައްބާސް ވިދާޅުވީ ދަރިކަލުން އަނބުރާ ސިޔާސީ މަގާމަށް ދާން ބޭނުން ނުވީ އޭނާގެ އަމިއްލަ ވިޔަފާރިއާއި ކިޔެވުމަށް ވަގުތު ދިނުމުގެ މަގްސަދުގައި ކަމަށެވެ. މާއިޝް މިވަގުތު ދަނީ މާސްޓާސް އަށް ކިޔަވަމުން ކަމުގައި އައްބާސް ހާމަކުރެއްވި އެވެ. ޑެޕިއުޓީ މިނިސްޓަރުގެ މަގާމާއި ހަވާލުވިފަހުން ކިޔެވުން މެދުކަނޑާލަން ޖެހުނު ކަމަށް އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވި ގޮތުގައި އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ 16 ސިޔާސީ އެޕޮއިންޓީން ވަޒީފާއިން ވަކިކުރުމަށްފަހު 2 ގަޑިއިރު ތެރޭގައި އަލުން ވަޒީފާއަށް އިޔާދަ ކުރައްވާފައިވާ ކަމަށެވެެ. އައްބާސް ވިދާޅުވީ ޕީއެންސީއާއި ޕީއެންސީގެ ލީޑާޝިޕާއި މީދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިއެއް ކަމުގައިވާ އަހްމަދު ސިޔާމް (ސަން ޓްރެވެލް ސިޔާމް) ގެ ޕާޓީ އެމްޑީއޭއާއި ދެމެދު އެއްވެސް މައްސަލައެއް ޖެހިފައިނުވާ ކަމަށެވެ.

ބާކީ 3 މީހުންނަކީ އެސްޕީޑީ މަގާމު އަދާކުރެއްވި ފަރާތްތަކެއް ކަމުގައި އައްބާސް މައުލޫމާތު ދެއްވި އެވެ. އޭގެ ތެެރެއިން އެއް ފަރާތަކަށް ސިޓީ ލިބުމުގެ 2 މަސް ދުވަސް ކުރިން ވަޒީފާއަށް ނިކުތުން ހުއްޓާލާފައިވާ ކަމަށް އައްބާސްއަށް އެނގިފައިވާ ކަމަށް ވިދާޅުވި އެވެ. އެއީ ފިޝަރީޒް މިނިސްޓްރީގެ އެސްޕީީޑީގެ މަގާމު އަދާކުރައްވަމުން ގެންދެވި ފަރާތެއް ކަމަށްވެސް އައްބާސް ވިދާޅުވި އެވެ. މި ތިން މީހުންގެ ތެރެއިން އެކަކީ އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް ކަމަށާއި ދެވަނަ ފަރާތަކީ އެޑިއުކޭޝަން މިނިސްޓްރީގެ އެސްޕީޑީއެއް ކަމަށް އައްބާސް މައުލޫމާތު ދެއްވި އެވެ.

”އަޅުގަނޑުމެން އެއްވެސް ފަރާތަކަށްވެސް ނުވެސް ގުޅަން. ދެގަޑިއިރުހާ ވަގުތުގެ ތެރޭގައި އެބޭފުޅުންނަށް ވަޒީފާ ދެއްވި. އަޅުގަނޑަށް ހީވަނީ އޮޅިގެން ވީ ކަމެއްހެން“

މީގެ އިތުރަށްވެސް، ސަރުކާރު ހިންގަމުންދާ ޕާޓީ، ޕީއެންސީގެ ބައެއް މެންބަރުންނަށްވެސް ސަރުކާރުގެ ސިޔާސީ މަގާމުތަކުން ވަކިކުރިކަމުގެ ސިޓީ ލިބިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އައްބާސް ވިދާޅުވި އެވެ. އެހެން ނަމަވެސް، އެކަމުގެ ތަފްސީލެއް އޭނާއަށް އެނގިނުލައްވާ ކަމުގައި އައްބާސް ވިދާޅުވި އެވެ. ނަމަވެސް ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކާއި އެސްޕީޑީއެއް ހަމަ މިގޮތަށް ވަޒީފާއިން ވަކިކޮށްފައި އަލުން މަގާމަށްް އިޔާދަކުރިކަމުގެ ސިޓީ ލިބިވަޑައިގެންނެވި ކަމަށް ޑެޕއިުޓީ މިނިސްޓަރާއި ހަވާލާދެއްވާ، އައްބާސް މައުލޫމާތު ދެއްވި އެވެ.

”ރައީސް އޮފީހުން ހަދާފައި އޮތް ލިސްޓަކަށް ބަލައިގެން މީހުން ކަނޑާލެވުނީޔޭ އެކަހަލަ އެއްޗެއް ރައީސް އޮފީހުން ވިދާޅުވީ“

ސަރުކާރުން މީގެ ކުރިން ވަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ބުނެފައ ިވެއެވެ. އަދި ވެރިކަން ކުރާ ޕީއެންސީއާ ގުޅިގެން ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ ލިސްޓު ރިވިއު ކުރަމުން އަންނަކަންވެސް އޭރު ސަރުކާރުން ހަމަކޮށްފައިވެ އެވެ. ނަމަވެސް އެމްޑީއޭ އަށް ނިސްބަތްވާ ފަރާތްތައް ސިޔާސީ މަގާމުތަކުން ވަކިކުރި ސަބަބާއި ގުޅޭގޮތުންނާއި، އަދި ސިޔާސީ ވަޒީފާތަކުގެ އަދަދު މަދުކުރައްވަން ކުރައްވާ މަސައްކަތާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދަށް މެސެޖްކޮށްލިނަމަވެސް، އަދި ޖަވާބެއް ލިބިފައެއް ނުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްޑީއޭ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މީދޫ ދާއިރާގެ މެމްބަރު ޝިޔާމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ