އުތުރު މެރިޓައިމް ސާވިސަސްއިން ”ސީމެންސް ރެސްޓް“ ހުޅުވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އުތުރު މެރިޓައިމް ސާވިސަސްއިން ބައިނަލްއަގްވާމީ ކަނޑުމަގުން ދަތުރުކުރާ ފަޅުވެރިންނަށް ހާއްސަކޮށްގެން ”ސީމެންސް ރެސްޓް“ ގެ ނަމުގައި ހާއްސަ ހިޔާއެއް އިއްޔެ ހުޅުވައިފި އެވެ.

މި ހިޔާ ހުޅުވާފައިވަނީ އިހަވަންދިއްޕޮޅުގެ އުލިގަމުގަ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް)ގެ ހިދުމަތް ހޯދުމަށް އައި ފުރަތަމަ އުޅަނދު އިއްޔެ ހެނދުނު ވަނީ އިހަވަންދިއްޕޮޅުގައި ބަނދަރުކޮށްފަ އެވެ. މި އުޅަނދަކީ ”ޖިއަން ޖިއޭ“ (JIAN JIE) ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެކެވެ.

އުޅަނދު ބަނދަރުކުރުމާ ގުޅިގެން، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް، ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ މޫސާ، އަދި އުލިގަން ކައުންސިލްގެ ރައީސް އަހުމަދު މުއާޒު މުހައްމަދާއިއެކު ފަޅުވެރިންނަށް މަރުހަބާ ކިޔުމަށް ބަނދަރަށް ހާޒިރުވެވަޑައިގެންފަ އެވެ.

”ސީމެންސް ރެސްޓް އޭރިޔާ“ ގެ ނަމުގައި ހުޅުވުނު މި ހިޔާއަކީ އުލިގަމުގައި އެމް.ޕީ.އެލް އިން ގާއިމްކޮށްފައިވާ އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިން އެތެރެވާ އުޅަނދުފަހަރުގެ ފަޅުވެރިންނަށް ހާއްސަކޮށްގެން ހަދާފައިވާ ތަނެކެވެ. މި ތަނުގައި ފަޅުވެރިންނަށް  އަރާމުކުރުމުގެ އިތުރުން ބައެއް ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ހަމަޖައްސާފައި ވެއެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، މި ރެސްޓް އޭރިއާގައި ރީޑިންގ ކޯނަރެއްގެ އިތުރުން ކޮފީއާއި ސައި ފަދަ ތަކެތި ލިބެން ހުންނާނެ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ”ޖިއާން ޖީ“ އުޅަނދަށް ކްރޫ ބަދަލު ކުރުމާއި، ފެން ފޯރުކޮށްދިނުމާއި، ކުނި ނައްތާލުމާއި، ސްޕެއާ ޕާޓްސް ސަޕްލައި ކުރުމުގެ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ އެވެ. މި އުޅަނދު އުލިގަމުގައި ފަސް ދުވަސް ވަންދެން އޮންނާނެ ކަމަށް ބެލެވޭ ކަމަށްވެސް އެމްޕީއެލްއިން ބުނެފައި ވެއެވެ.

މި ހިދުމަތް ތައާރަފުކުރުމާއެކު، ރާއްޖޭގެ އުތުރުގައި ބައިނަލްއަގްވާމީ ކަނޑުމަގުން ދަތުރުކުރާ އުޅަނދުފަހަރަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެ އެވެ.

ބަންކަރިންގ ހިދުމަތް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިިމް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ