ޗާގޯސްގެ މިލްކްވެރިކަން މޮރިޝަސްއަށް ދޭން ޔޫކޭއިން އެއްބަސްވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް ދޭން އިނގިރޭސި ވިލާތުން އެއްބަސްވެއްޖެ އެވެ.

އިނގިރޭސި ވިލާތުން މި ނިންމުން ނިންމި ނަމަވެސް ޗާގޯސް ރަށްތަކުގެ ތެރެއިން ޑިއޭގޯ ގާސިއާގައި އިންގިރޭސީންނާއި އެމެރިކާއިން ހިންގަމުން އަންނަ އަސްކަރީ މަރުކަޒު ހަމަ އެތަނުގައި ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އެއްބަސްވުމުގެ ދަށުން މޮރިޝަސްއަށް ޗާގޯސްގެ ރަށްތައް އާބާދު ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ.

އިނގިރޭސީން ވަނީ އެ ހިސާބުގެ ރަށްތައް 1814 އިން ފެށިގެން އެމީހުންގެ އިސްތިއުމާރުގެ ދަށަށް ގެނެސްފަ އެވެ. ޗާގޯސް ރަށްތައް މޮރިޝަސްއާ ވަކިކޮށްފައިވަނީ 1965 ވަނަ އަހަރު އެވެ. އޭގެ ތިން އަހަރު ފަހުން އިނގިރޭސީން ވަނީ މޮރިޝަސް ދޫކޮށްލާފަ އެވެ. އެއަށް ފަހު 1970 ވަނަ އަހަރު ޗަގޯސްގައި ދިރިއުޅެމުން އައި 2،000 އެއްހާ ރައްޔިތުން ވަނީ މޮރިޝަސްއަށާއި ސީޝެލްސްއަށް ފޮނުވާލާފަ އެވެ. މިއީ ޑިއޭގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް އެޅުމަށް ކުރި ކަމެކެވެ.

— އިތުރު ތަފްސީލް އަންނަނީ —

މޮރިޝަސް ޗާގޯސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ