ޗާގޯސްގެ ޑީލް މަޑުޖައްސާލީ އެންމެ ފަހުވަގުތު އިނގިރޭސި ހައިކޯޓުން ނެރުނު އަމުރަކުން

Advertisement

އެންމެ ފަސް

Advertisement

ޗާގޯސް އައިލެންޑްސް މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުން، އެ ގައުމުގެ ހައި ކޯޓުން ނެރުނު ވަގުތީ އަމުރަކުން ހުއްޓުވާލައިފި އެވެ.

މިއަދު ހެނދުނު އޮންލައިންކޮށް ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާއާއި މޮރިޝަސްގެ ބޮޑުވަޒީރު ނަވިން ރާމްގޫލާމް އެވެ. މި އެއްބަސްވުމުގެ ދަށުން ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރެވޭނެ ނަމަވެސް، ޕެސިފިކް ކަނޑުގެ ޖަޒީރާތަކުގައި ހުންނަ އަސްކަރީ މަރުކަޒު 99 އަހަރުގެ މުއްދަތަކަށް އިނގިރޭސިވިލާތާއި އެމެރިކާއަށް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި ޑީލްގެ ދަށުން އިނގިރޭސިވިލާތުގެ ޓެކްސް ދައްކާ ފަރާތްތަކުން މޮރިޝަސްއަށް ދައްކަންޖެހޭ އަދަދު އަދި ކަނޑައަޅާފައި ނުވި ނަމަވެސް، އެ އަދަދު ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

ކޯޓުގެ އަމުރާ ގުޅޭގޮތުން ރައްދު ދެއްވަމުން އިނގިރޭސިވިލާތުގެ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ، ”މިހާރު ހިނގަމުންދާ ގާނޫނީ މައްސަލަތަކާ ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނަން. މި ޑީލަކީ އިނގިރޭސި ރައްޔިތުންނާއި އަޅުގަނޑުމެންގެ ގައުމީ ސަލާމަތް ހިމާޔަތް ކުރުމަށް ރަނގަޅު ކަމެއް ކަމަށެވެ. މި މައްސަލައިގެ ދެން އޮންނަ އަޑުއެހުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ 10:30 ގައެވެ.

އިނގިރޭސިވިލާތުން މި މައްސަލައިގައި ނިންމި ނިންމުމާ ގުޅިގެން، ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބުން މާ ހައްގު ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ހާމަކުރައްވާފަ އެވެ.

ރާއްޖެ - އިނގެރޭސިވިލާތް ޗާގޯސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ